Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 05:15
ސަފީރުކަމުގެ ފޮތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސަފީރުކަމުގެ ފޮތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ފޮރިން މިނިސްޓްރީ
ލަތީފު ސަފީރުކަމުގެ ފަތްކޮޅު ޖަރުމަން ވިލާތުގެ ރައީސަށް އަރުއްވައިފި
ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ލަތީފް ވިދާޅުވި

ދިވެހިރާއްޖެއިން ޖަރުމަން ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފު، ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ޝްޓައިންމަޔަރއަށް އަރުވައިފިއެވެ.

ލަތީފުގެ މަގާމުގެ ފަތްކޮޅު ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ޝްޓައިންމަޔަރއަށް އެރުވީ، އެކަމަށް ބުދަ ދުވަހު ހެނދުނު ޖަރުމަންގެ ރައީސްގެ ރަސްމީ ގެކޮޅު، ޝްނޮސް ބެލެވޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ މުނާސަބަތުގައި ޖަރުމަނުގެ ރައީސް ސަފީރަށް ތަހުނިޔާ ދަންނަވައި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. 

ޖަރުމަންގެ ރައީސް އަދާކުރެއްވި މެހެމާންދާރީއަށް ލަތީފު ޝުކުރު ދެންނެވި އެވެ. ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހެޔޮއެދުމާއި ތަޙުނިޔާ ވެސް ދެންނެވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަށް އިގުތިސާދީ ގޮތުން އެންމެ ފައިދާ ކުރަނިވި އެއް ދާއިރާއަކީ ފަތުރުވެރިކަންކަމަށް ވެފައި، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަނީ ޖަރުމަނުންކަން ލަތީފް ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ލަތީފުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒީނާ އަހުމަދު ދީދީ އާއި، ޖަރުމަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިޔުޓީ އެމްބަސަޑަރ މުޙައްމަދު ޖިނާޙާއި، މިނިސްޓަރ ކައުންސެލަރ އަލްފާޟިލާ ޝިރުޒިމަތު ސަމީރު އަދި ސެކަންޑް ސެކްރެޓަރީ ޙުސެއިން ޖައްހާޒްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް