Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 05:00
މާލޭގެ މަގެއްގައި ވެހިކަލްތައް ތޮށްޖެހިފައި
މާލޭގެ މަގެއްގައި ވެހިކަލްތައް ތޮށްޖެހިފައި
މުހައްމަދު ޝަރުހާން
މުދާ އުފުލުން
މުދާ އުފުލުމާއި، ވަނުން މަނާގަޑިތަކުގައި ސްކޫލު ސަރަހައްދުތަކަށް ބަރުވެހިކަލްތައް ވަންނަނަމަ، ފިޔަވަޅު އަޅާނަން: ފުލުހުން
މިކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުން

މުދާ އުފުލުމާއި، ވަނުން މަނާގަޑިތަކުގައި ސްކޫލް ސަރަހައްދުތަކަށް ބަރުވެހިކަލްތައް ވަންނަމަ، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޓްރާސްޕޯޓު އޮތޯރިޓީގެ އެންގުމާ ހިލާފަށް މުދާ އުފުލުމާއި، ވަނުން މަނާގަޑިތަކުގައި ސްކޫލް ސަރަހައްދުތަކަށް ބަރުވެހިކަލްތައް ވަންނަކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މާލޭގައި ވިޔަފާރި މުދާ އުފުލުގެ ގަޑިތައް ކަނޑައެޅުމާ ބެހޭ ގޮތުން ޓްރާސްޕޯޓު އޮތޯރިޓީން ޖެނުއަރީ 13 ގައި ނެރުނު ބަޔާނެއްގައި ބުނީ މާލެ ވިޔަފާރި ބަނދަރުން ނެރެގެން ގެންދެވޭ ޕެރިޝަބަލް ލޫސް ކާގޯ (އަންކޮންޓެއިޒްޑް ކާގޯ) ކޮންމެ ގަޑިއެއްގައި ވެސް މާލެ ތެރެއަށް ގެންދެވޭނެ ކަމަށާއި، މިގޮތުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 15:00 އިން ފެށިގެން ހެނދުނު 6:00 އާދެމެދު މުދާ ނެރެގެން ގެންދިއުމުގެ ހުއްދަ 13 ޖަނަވަރީއަށް ވަނީ ހުއްދަދީފައިވާ ކަމަށެވެ.  

އަދި މާލޭގައި އެއްގަމު އުޅަނދުގައި މުދާ އުފުލުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތުއަށް އިތުރަށް ދިރާސާ ކުރަމުން ގެންދާތީ، މިކަމަށް ވަކިވަގުތުތަކެއް ކަނޑައަޅައި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ހުއްދަދީފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ އޮތޯރިޓީގެ މިބަޔާނާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުން ގެންދާ ކަމަށާއި، މިފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް