Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 04:59
ގއ.ކޮލަމާފުށި
ގއ.ކޮލަމާފުށި
ގޫގުލް
ވައްކަން ކުރުން
ކޮލަމާފުށީގައި ތިޖޫރި ވަގަށް ނެގި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނަކާއި، 32 އަހަރުގެ ފިރިހެނެއް

ގއ ކޮލަމާފުށީގެ ގެއެއްގެ ތިޖޫރި ވަގަށް ނެގި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި، 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުންވަނީ އެރަށުގެ ވަލުތެރެއިން ތިޖޫރީ ހޯދާފައިވާ ކަމަށާއި، ވަލުތެރެއަށް އެއްލާފައިވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލުމަށްފަހު ކަމަށެވެ.

މީގެ އިތުރުން މިތިޖޫރީގައި ހުރި ބައެއް ފައިސާތައް ހޯދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ތިޖޫރީ ވަގަށް ނެގިއިރު އޭގައި ހުރީ ކިހާ ފައިސާއެއްކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.  

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީއާ، ކައުންސިލްގައި ބަހައްޓާފައިހުރި، މިސްކިތު ފަންޑު ފޮށި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ވަގަށް ނަގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް