Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 05:41
މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންތަކެއް
މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
ބުލޮކް މޯޑް
ބުލޮކް މޯޑަށް ކިޔަވައި ދިނުން މަނާ: އެމްކިޔޫއޭ
ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ހިންގާ ޕްރޮގްރާމްތަށް ގަބޫލު ނުކުރާނެ

ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި ބުލޮކް މޯޑަށް ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެމްކިޔޫއޭ އިން ބުދަ ދުވަހު ނެރެފައިވާ ސާރކިއުލާގައި ބުނެފައިވަނީ ފުލްޓައިމްކޮށް ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގައިވާ ފުލްޓައިމް މިންގަނޑަށް ނުފެތޭ ގޮތްގޮތަށް ހިންގާ ކަމުގެ ޝަކުވާތަށް ލިބެމުންދާ ކަމަށެވެ. އެގޮތަށް ޕްރޮގްރާމްތައް ހިނގާ ހިންގުމަށް ބްލޮކްމޯޑް ކިޔަމުންދާ ކަމުގެ ޝަކުވާތައްވެސް އެ އޮތޯރިޓީއަށް ލިބެމުން ދާ ބުނެ އެވެ. 

ފުލްޓައިމް ޕްރޮގްރާމެއް ހިންގުމަށް ކަނޑައަޅާފައިވާ ގަޑި ހަމަނުކޮށް ހިންގުމަކީ ދީފައިވާ ހުއްދައާއި ޚިލާފް ކަމެއް ކަމުގައި ވާތީ ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ހިންގާ ޕްރޮގްރާމްތައް ގަބޫލު ނުކުރާނެ ކަމަށް އެމްކިޔޫއޭއިން ބުނެ އެވެ. 

އެ އޮތޯރިޓީން ބުނެފައި ވަނީ ރާއްޖޭގެ މަތީ ތައުލީމް ދޭ މަރުކަޒްތަކުގައި ކިޔަވައި ދިނުމަށް ހުއްދަ ދީފައިވާނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގަބޫލުކުރާ ދެ ވައްތަރު ކަމުގައި ވާ "ފުލްޓައިމް" އާއި "ޕާރޓް ޓައިމް" ޕްރޮގްރާމް ހިންގުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 ފެބްރުއަރީ 2019 | ބުރާސްފަތި 07:21
ސިހުރު
Aslu v hevva dhen office thakah dhaa meehun nukiyavaa dho thiben v dhen