Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 17:50
ދިވެހި ހައްޖާޖީންތަކެއް ސައުދީގައި
ދިވެހި ހައްޖާޖީންތަކެއް ސައުދީގައި
ފޭސްބުކް
ޕެންޝަން ފައިސާ
ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ އިސްލާހު ފާސްކޮށްފި
ޕެންޝަނުން ދައްކާނީ 50 ޕަސެންޓް

ޕެންޝަން ފަންޑުގެ ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލު އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ އެއްވެސް އިސްލާހަކާ ނުލައެވެ. އިޖުތިމާއީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލު ބުދަ ދުވަހު ފާސްކުރީ 69 މެމްބަރުންގެ ވޯޓުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ހުށަހަޅައި، މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަމަންޓް ސޭވިން އެކައުންޓުން ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 50 ޕަސެންޓް ކަމަށެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އިސް ރަށްވެހިންނަށް ދޭ އިނާޔަތަކީ 5000 ރުފިޔާ ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ. ގާނޫނުގައި މިހާރު ބުނެފައި ވަނީ އިސް ރަށްވެހިންނަށް ދެވޭނީ 2000 ރުފިޔާ ކަމަށެވެ. ނަމަވެސް ގާނޫނަށް ބަދަލު ނު ގެނެސް، 5000 ރުފިޔާގެ އިނާޔަތް ދައުލަތުން ދަނީ އިސް ރަށްވެހިންނަށް ދެމުންނެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާއި ބެހޭ ގާނޫނު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
28 ފެބްރުއަރީ 2019 | ބުރާސްފަތި 08:56
ސަނާ
ތީ އެއްވެސް ރަގަޅު އުޞޫލަކުން ނިންމެވި ނިންމެވުމެއް ނޫން.
28 ފެބްރުއަރީ 2019 | ބުރާސްފަތި 08:54
މުޙައްމަދު
ތިފައިސާއިން %50 ހަމަޖެއްސީމަ ރަގަޅެއްނޫން . އަދި ފެންސަން ފައިސާއިން އަނބި ،ފިރި ދަރިން ހިމެނުއްވި ނަމަރަގަޅުވީސް
27 ފެބްރުއަރީ 2019 | ބުދަ 16:38
Ali
Thee ehaa rangalhu gotheh noon
27 ފެބްރުއަރީ 2019 | ބުދަ 15:30
ކިއްދާ
ތީރައްޔަތުންނައްޖެއްސުންކުރަނީ ޚާއްސަކޮށް ނިކަމެތިންނައް
27 ފެބްރުއަރީ 2019 | ބުދަ 13:15
ހަރުމީހާ
ދެމަފިރިން ހިމެނި ނަމަ ރަގަޅު
27 ފެބްރުއަރީ 2019 | ބުދަ 13:13
Mohamed
ވައުދާއި ޚިލާފް ތިފައިސާއިން އަތްދަބަސް ދިނުން ރަގަޅު