Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 15:56
ރިޔާޒު ރަޝީދު: މުގައްރިރަކަށް ވަޑައިގެންނެވީ ޕީޕީއެމްގެ ވޯޓުން
ރިޔާޒު ރަޝީދު: މުގައްރިރަކަށް ވަޑައިގެންނެވީ ޕީޕީއެމްގެ ވޯޓުން
ގޫގުލް
ރައްޔިރުންގެ މަޖިލިސް
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް ރިޔާޒު ރަޝީދު
މުގައްރިރަކަށް ރިޔާޒު އައްޔަން ކުރީ އެ މަގާމު ހުސްވެފައި ވަނިކޮށް
މަގާމު ހުސްވީ މުގައްރިރަކަށް ހުންނެވި ރޮޒައިނާ ކޮމެޓީން ވަކިކުރުމުން
ރޮޒައިނާގެ ބަދަލުގައި، އެ ކޮމެޓީއަށް އައްޔަން ކުރީ އާޒިމް

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އައްޔަންކޮށްފިއެވެ.

ރިޔާޒު ރަޝީދު އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމެޓީގެ މުގައްރިރަކަށް ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބަދަލުގައި އެ ކޮމެޓީއަށް، އެމްޑީޕީ އެހެން މެމްބަރަކު އައްޔަންކުރުމާ ގުޅިގެންނެވެ. ރޮޒައިނާގެ ބަދަލުގައި އެ ކޮމެޓީއަށް އެމްޑީޕީން އައްޔަންކޮށްފައި ވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ރޮޒައިނާގެ ބަދަލުގައި އާޒިމް އެ ކޮމެޓީއަށް އެމްޑީޕީން އައްޔަން ކުރީ ރޮޒައިނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމުން އެ ކޮމެޓީއަށް ހުށަހަޅާފައި ވަނިކޮށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަކީ ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮންނަ ކޮމެޓީއެކެވެ. އެމްޑީޕީ އާއި ޖޭޕީގެ ހަ މެމްބަރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާއިރު، ޕީޕީއެމްގެ ހަތަރު މެމްބަރުން އެ ކޮމެޓީގައި ތިއްބަވައެވެ. އަދި އެމްޑީއޭގެ މެމްބަރަކު ވެސް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމްގައި ހުންނެވުމަށް ފަހު، ޖޭޕީއާ ގުޅިވަޑައިގެންނެވި ރިޔާޒު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް އައްޔަން ކުރެއްވީ ޕީޕީއެމްގެ މެމްބަރުންގެ ވޯޓާ ވެސް އެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް