Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 17:33
ގެއްލިގެން ހޯދާ ޝިމާ
ގެއްލިގެން ހޯދާ ޝިމާ
ފޭސްބުކް
ޝިމާ ގެއްލުން
ޝިމާ ހޯދުމަށް ކަނޑުގެ ފަސް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި
ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން
ޝިމާ ވެސް ޑިންގީ ވެސް ނުފެނޭ

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ލ. ކައްދޫން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަމަށް ފަސް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ސިކްސް ސެންސަސް ރިސޯޓް ކައިރީ ކަނޑުގެ ސަރަހައްދުގެ ފަސް މޭލު ބަލާފައި ވަނީ ހެލިކެޕްޓަރު ބޭނުންކޮށްގެންނެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު އަންހެން މީހާ ހޯދުމުގެ މަސައްކަތް ސެންޓަރަލް އޭރިޔާގެ ސިފައިންނާއި، އެމްއެންޑީއެފް ސީޖީ ޑްރައިވަރުން އަދި އެމްއެންޑީއެފް ސީޖީ ޝަހީދު އަލީ ޝިޕްގެ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިހާތަނަށް ބެލިބެލުމުން އޭނާގެ ޚަބަރެއް ނުވާ ކަމަށާއި، އަދި ޑިންގީގެ ޚަބަރެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޝިމާ ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާމެންދޫގެ ރައްޔިތުން ވަނީ އެ އަތޮޅުގެ ގާދޫ ވެސް ބަލައި ފާސް ކޮށްފައެވެ.

ޝިމާއެކު ދަތުރުކުރި އޭނާގެ އެކުވެރިޔާ އިބްރާހިމް ފަޒީލަށް ބައެއް ފަރާތްތަކުން ގިނަ ތުހުމަތުތައް ކުރަމުން އަންނައިރު، ފުލުހުން ވަނީ މިހާރު ޝިމާ ގެއްލުނު ހާދިސާ ތަހުގީގު ކުރަން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
27 ފެބްރުއަރީ 2019 | ބުދަ 17:29
ކަރުކެހި
އޮޔާ ވަޔައް ނުބަލާ ފަސްމޭލުބެލުމަކުން ކަމަކުނުދާނެ
26 ފެބްރުއަރީ 2019 | އަންގާރަ 16:54
kAfa
Five miles? So they can only checked a distance equal to Hulhumale from Male. Five miles is a joke for MNDF CG.