Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 02:29
ކ. ހުރާ ސްކޫލު
ކ. ހުރާ ސްކޫލު
ރާއްޖެއެމްވީ
ހުރާ ސްކޫލް
ހުރާ ސްކޫލަށް އެންމެ ބޮޑަށް ދިމާވެފައިވަނީ އިމާރާތުގެ ދަތިކަން: ޕްރިންސިޕަލް
އިތުރު 6 ކުލާސް ރޫމު އަޅަން ބަޖެޓް ކޮށްފައިވޭ

ހުރާ ސްކޫލަށް އެންމެ ބޮޑަށް ދިމާވެފައިވަނީ އިމާރާތުގެ ދަތިކަން ކަމަށް އެސްކޫލުގެ ޕްރިންސިޕަލް އައިމިނަތު އަރީޝާ ވިދާޅުވެއްޖެއެވެ. 

ޕްރިންސިޕަލް ވިދާޅުވީ އިމާރާތުގެ ދަތިކަމާއި ހުރެ ކުދިންނަށް ކިޔަވައި ދިނުމަށް ސުނާމީގައި ލިބިފައި ހުރި ވަގުތީ އިމާރާތްތައްވެސް ބޭނުން ކުރަން ޖެހިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދަރިވަރުންގެ ހެދިބޮޑުވުމާއި ގުޅުން ހުރި ތަފާތު ގިނަ ހަރަކާތްތައް ސްކޫލުން ކުރިއަށްގެންދާއިރު، މީގެ ތެރެއިން ގިނަ ހަރަކާތްތަކަކީ ހުރިހާ ދަރިވަރުން ބައިވެރިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ކަންމިހެން ހުރިއިރު ސްކޫލުގެ ހޯލުގެ ދަތިކަން ހުރުމުން، އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ޖެހެނީ ސްކޫލުން ބޭރުގައި ކަމަށް ޕްރިންސިޕަލް އަރީޝާ ވިދާޅުވިއެވެ.

މިގޮތަށްވެސް އިތުރު ހަރަކާތްތައް މޫސުން ގޯސްވެއްޖެ ނަމަ ނުބޭއްވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހެލްތް ރޫމާއި، ކައުންސެލިން ރޫމް ފަދަ ތަންތަނަކީވެސް ސްކޫލަށް ބޭނުންވާ ވަރަށް މުހިއްމު ޙިދުމަތްތަކެއް ކަމަށާއި މިޚިދުމަތްތައް ދެމުންގެންދަނީ އެކި އެކި އިމާރާތްތަކުގައި ކަމަށްވުމުން ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށް ޕްރިސިޕަލް ވިދާޅުވިއެވެ.

ވޭދުވެދިޔަ އަހަރުތަކުގައިވެސް ސްކޫލު އިމާރާތުގެ ދަތިކަން ހުރި ކަން ސަރުކާރާއި ހިއްސާކޮށްފައިވާނެ ކަމަށާއި، އެހެންކަމުން މިއަހަރުގެ ބަޖެޓުގައި ހުރާ ސްކޫލުގައި 6 ކްލާސްރޫމު އެޅުމަށް ބަޖެޓްކޮށްފައިވާއިރު، އެސްކޫލުގެ އުއްމީދަކީ މިއަހަރުގެ ބަޖެޓުގައި އޮތް ގޮތަށް 6 ކްލާސް ރޫމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އެލްކޭޖީން ފެށިގެން ގްރޭޑް 10އަކާއި ހަމައަށް ކިޔަވައި ދެމުންގެންދާ މިސްކޫލުގައި 232 ދަރިވަރުން ތައުލީމް ހާސިލްކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް