Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 15:43
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލ؛ިސް
މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގަވާއިދަށް ފެތޭތޯ މަޖިލީހުން ބަލަނީ
މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެމްބަރުން ސޮއިކޮށްގެން
ބިޝާމްގެ އިތުބާރު ނެތް ކަމަށް ވެސް ވަނީ ހުށަހަޅާފައި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ޕީޕީއެމުން ހުށަހެޅި މައްސަލަ، މަޖިލީހުގެ ގަވާއިދަށް ފެތޭތޯ ބަލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އަދި ފޮނުއްވާފައި ނުވާނެ ކަމަށާއި މަޖިލީހުން ބަލަމުންދަނީ އެ މައްސަލަ ގަވާއިދަށް ފެތޭތޯ ކަމަށެވެ. މައްސަލައެއް ހުށަހެޅުމުން އަބަދުވެސް އެ މައްސަލައެއް ގަވާއިދަށް ފެތޭތޯ މަޖިލީހުން ބަލާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު 14 މެމްބަރުންގެ ސޮއާ އެކު، ހުށަހަޅާފައި ވާތީ، އެ މައްސަލައިގެ ސައްހަކަމާ މެދު ބައެއް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެމްބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންވާނެ ކަމަށާއި ޖަވާބުދާރީވުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތު ކަމަށްވާ، 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް