Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 15:35
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ރުކުމާ އެމްޑީޕީން ވަކިވެވަޑައިގެންފި، މިހާރު ވިސްނަވަނީ މަޖިލީހަށް ކުރިމަތިލެއްވުމަށް!
ޕްރައިމަރީގައި ހިނދިޔަ ކަންކަމާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހިއްސާ ކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މި ފަހަރު ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންނެވި ރުކުމާ ޕާޓީން ވަކިވެވަޑައިގެންނެވުމަށް ނިންމަވައި ޕާޓީގެ ދަފްތަރުން އޭނާ ވަކިކޮށްދޭން ހުށަހެޅުއްވީ އަންގާރަ ދުވަހުއެވެ.  

އޭނާ ޕާޓީން ވަކިވެވަޑައިގެންފައި މި ވަނީ ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުނަށް ވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.

ރުކުމާ ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަމިއްލަ ހަސިއްޔަތުން ވާދަ ކުރެއްވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. 

އެމްޑީޕީގެ ޕްރައިމަރީއާ މެދު އޭނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ ޕްރަމަރީ މި ފަހަރު ބޭއްވީ ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ ރޫހާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ވަޒީރުން އޭނާއާ ދެކޮޅަށް ޕްރައިމަރީގައި ކެމްޕެއިން ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބު އޮތް ދުވަހު އޭނާގެ ނަމްބަރު ބޭނުންކޮށްގެން ދާއިރާގެ ރައްޔިތުންނަށް ފޭކް މެސެޖްތައް ފޮނުވައި އޭނާގެ ނަމުގައި ސޯޝަލް މީޑިޔާގައި ތަފާތު އެކި ޕޯސްޓްތައްކޮށް އިންތިހާބަށް ބަޔަކު މީހުން ނުފޫޒު ފޯރުވި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ނުދެކެން އެއީކީ ޕާޓީގެ ޕްރައިމަރީ ބާއްވަން ޖެހޭ ގޮތަށް ބޭއްވި އިންތިހާބެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ތޭރަ އަހަރަށް ފަހު އެމްޑީޕީން ވަކިވެވަޑައިގެންނެވި ރުކުމާ ވިދާޅުވީ އެމްޑީޕީގައި ހުންނަވައިގެން މާލެ ސީޓީ ކައުންސިލްގައި އާއި ރައްޔިތުންގެ މަޖިލީހުގައި ހިދުމަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތައް ޕާޓީއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.  

އެމްޑީޕީ ޕްރައިމަރީގައި ރުކުމާގެ މައްޗަށް ކުރި ހޯއްދެވީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ފެބްރުއަރީ 2019 | އަންގާރަ 11:06
ބަލަމާ
ތި އުޅެނީ އަލްހާނަށް ވީގޮތް ވާން. ތި ދާއިރާއަށް އަމިއްލަ ގޮތުގައި ވާދަ ކުރުމަށް ހުށަހެޅުނަތައް ބޯކޮށް އަންނާނެ ބޭނުމަކީ އެމްޑީޕީގެ ވޯޓުތައް ބައިބައި ކުރުން.އެކަމަކު އެމްޑީޕީ މީހުން ވޯޓުލާނީ ޕާޓީއަށް. ސުޕްރިމް ކޯޓުގެ އަމުރާ ގުޅިގެން ރިސްވަތު ދޭމީހުން އިތުރުވުމަކީ ވަރަށް ކައިރީގައިވާކަމެއް. ޕްރަމަރީގައި ވާދަ ކުރަނީ ނާކާމިޔާބު ވުމުން ދެން ފުރުސަތެއް ނުލިބޭނެކަމަށް އެއްބަސްވެ. އެހެންވީމާ ލިބިފައިވާ ހައްގު އަމިއްލައަށް ހަނިކުރީމަކަށް ބެލެވެނީ.