Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 14:50
މެމްބަރު މުހައްމަދު އަސްލަމް
މެމްބަރު މުހައްމަދު އަސްލަމް
މުހައްމަދު ޝަރުހާން
އެމްޑީޕީ
ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުންނަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް ގާނޫނޫ އަސާސީއަށް ބަދަލުގެންނަށް ޖެހިއްޖެ ނަމަ ގެންނާނަން: އެމްޑީޕީ
އުންމީދަކީ ދެފުށް ފެންނަ ގާނޫނާ އެއްގޮތަށް ބާއްވާ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުން

ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުންނަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް ގާނޫނޫތަކަށް ނުވަތަ ގާނޫނު އަސާސީއަށް ބަދަލުގެންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އެމްޑީޕީ ޕާލެމެންޓަރީ ގުރޫޕްގައި މަޝްވަރާކުރެވުނު ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑިޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މާރޗް 4 ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންއާ ބައްދަލުކުރުމަށް ފަހު އޮފީސް ކުރިމަތީގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީން ބުނެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ޕާޓީގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި އުންމީދަކީ ދެ ފުށް ފެންނަ ގާނޫނާ އެއްގޮތައް ބާއްވާ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުން ކަމަށެެވެ. އަދި ސިޔާސީ ޕާޓީއެއް ގޮތުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން އީސީއަށް އަރުވާފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާރޕާރސަން ހަސަން ލަތީފް ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިހާބު ތާރީހުތައް ބަދަލުގެނެސް ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިހާބު ބަދަލުކުރުމުގައި ސުޕްރީމް ކޯޓުން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މާޒީގައި ހިނގައިދިޔަ ކަންތައްތައް ތަކުރާރުކުރުމުގެ މަގްސަދުގައި ނެރުނު އަމުރެއް ކަމަށް ދެކޭ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީން ނިކުންނަ ކެންޑިޑޭޓަކަށް މެންބަރުން ތާއީދު ކުރަންޖެހޭނެ ކަމަށާއި އެކަމާ ހިލާފްވެއްޖެ ނަމަ އެ މީހަކަށް ފިޔަވަޅުތަކެއް އެޅޭނެ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ގޮތުން ބަލިވި މެންބަރުން ކުރިމަތިލައިފި ނަމަ އަޅާނެ ފިޔަވަޅުތަކެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އިންތިހާބު މިހާ ކައިރިވެފައި އޮއްވާ ތާރީހުތަކަށް ބަދަލު ގެންނަން ޖެހޭ ގޮތަށް އަމުރު ނެރުމާއި ކޯޓުތައް މެދުވެރިކޮށް ތާރީހްތަކަށް ބަދަލު އަންނަ ގޮތަށް އަމަލު ކުރެވިގެން ދިޔުމާއި އިންތިހާބަށް ނުފޫޒު ފޯރުވުމަކީ އީސީގައި އޮންނަ މިނިވަން މުސްތަގިއްލުކަން ގެއްލިގެންދާ ކަމެއް ކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމުގައި އެމްޑީޕީން ކުރާ މަސަތްކަތުގެ ތެރެއިން މިކަންތަކަށް ރިއާޔަތްކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ ހާލަތްތައް ތަކުރާރުވިޔަ ނުދިނުމަށް މަސަތްކަތްކުރާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ފެބްރުއަރީ 2019 | އަންގާރަ 10:44
ޕްރައިމަރީ
ޕްރައިމަރީ އަކުން ބަލިވުމަކީ ކީހަވަރެއްގެ ފެއިލްވުމެއްކަންއެނގޭބާ!؟