Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 13:39
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 މީހުންގެ ނަން ކޮމިޓީއަށް
ހަބީބުގެ ދައުރުގެ މުއްދަތު އަންނަ މަހު 13ގައި ހަމަވާނެ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 16 ފަރާތުގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، މިހާރު އެ ކޮމިޝަންގައި ހުންނެވި މެމްބަރު އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރުގެ މުއްދަތު އަންނަ މަހުގެ 13 ހަމަވާތީއެވެ. ހަބީބު ވަނީ އަނެއްކާވެސް ދެ ވަނަ ދައުރަކަށް އީސީގެ މެމްބަރުކަން ކުރިމަތިލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ނަންތައް އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފޮނުވާފައެވެ. މި ނަންފުޅުތަކުގެ ތެރެއިން މަޖިލީހަށް ފެނިވަޑައިގަންނަވާ ނަންފުޅެއް ފާސްކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލައްވާފައިވާ 16 ބޭފުޅުންނަކީ ދަފްތަރު ނަމްބަރު 1896، ޝުއެއިބް ޔޫސުފާއި ޏ . ފޯއްމުލައް، ގ.ކޯޒީ، އަބްދުﷲ ރާޒީ އާއި މާފަންނު ރަބީއީގެ، އަހްމަދު އަދީމާއި އައްޑޫ ސިޓީ ހިތަދޫ ނޮވެމްބަރުގޭ އަހްމަދު އަލީ އާއި މާފަންނު ޕިސްތާގެ އައިމިނަތު ސާދިޔާ އާއި ހއ. ކެލާ އަނބުގަސްދޮށުގެ މަރިޔަމް ހަނީފާ ހާލިދާއި ދަފްތަރު ނަމްބަރު 9456، އައިމިނަތު މަދީހާ އާއި ނ. ވެލިދޫ، އާހިޔާ، އައިޝާތު ހަފީޒް އާއި ދަފްތަރު ނަމްބަރު 1851، އަލީ މުހައްމަދު މަނިކާއި އައްޑޫ ސިޓީ، މީދޫ ސެލީނާ ސުލްވާން އަހުމަދާއި މައްޗަންގޮޅި ވިލާރޮނދި، އިސްމާއިލް ސާޖިދާއި ބ. ތުޅާދޫ، ޝަރުތު، މުހައްމަދު ޝާފިއު އާއި، މާފަންނު އަސަލް، މުހައްމަދު ޝަމްއޫނާއި އައްޑޫ ސިޓީ ހުޅުދޫ، ވެސްޓްލައިޓް، ޔާސިރް ވަސީމާއި ހެންވޭރު އަމްސާވިލާ އަހުމަދު މޫސާ އާއި ހެންވޭރު ނީޓް، އިސްމާއިލް ހަބީބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް