Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 11:41
ރައީސް ސޯލިހު ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި އެކު
ރައީސް ސޯލިހު ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި އެކު
މުހައްމަދު ޝަރުހާން
ރައީސް ސޯލިހު
މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެންދާނެ : ރައީސް ސޯލިހު
ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންތައް ހައްލުކޮށްދޭނެކަމަށް ރައީސް ވިދާޅުވި

މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުމުގައި، ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށުގެ ކުރިއެރުމަށް ހުރި ދަތިތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން ކައުންސިލް މެންބަރުން ވަނީ ނެއްލައިދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، ފެނާ ނަރުދަމާގެ ޚިދުމަތް ނެތުމުން ގޮންޖެހުންތައް ދިމާވާ ކަމަށާއި، ކުނި މެނޭޖްކުރުމުގައި އުނދަގޫތައް ކުރިމަތިވާކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ކައުންސިލް މެންބަރުން ވަނީ މިހާރު އޮތް ބަނދަރުގައި ހުރި މައްސަލަތަކާއި ރަަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައިގެ މައުލޫމާތު ރައީސާއި ހިއްޞާ ކުރައްވައި އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ދަންނަވާފައެވެ. ކައުންސިލް މެމްބަރުން ވަނީ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ވަޞީލަތްތަކާއި ޑޮކްޓަރުން ބޭނުންވާކަން ވެސް ފާހަގަ ކޮށްފައެވެ.

މިބައްދަލުވުުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނެއްލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް