Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 09:35
ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް
ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް
ރާއްޖެއެމްވީ
އަހުމަދު މަހުލޫފް
މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ލިޔުމުގައި އޮތީ 14 މެމްބަރުންގެ ސޮއި: މަޚްލޫފް
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްދިނުމަަށް އެދިފައިވާނެކަމަށް

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ  42 މެމްބަރެއްގެ ސޮއި އޮވެގެން ކަމަށް ގަވައިދު ބަދަލުކުރި ފަރާތްތަކުން މިހާރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅި ކަމަށް ބުނަނީ އެންމެ 14 މެމްބަރުންގެ ސޮއި ހިމަނައިފައި އޮތް ލިޔުމެއް ހުށަހަޅައިގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ  ކުރީގެ މެންބަރު އަދި  ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ހާމަކުރެއްވީ، ޕްރޮގްރެސިވް ކޯލިޝަނުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްދިނުމަަށް އެދި ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުން ސޮއިކޮށް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ހުށަހަޅާފައިވާކަން މަޖިލީހުގެ އިދާރާ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ހޯމަ ދުވަހުގެރޭ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،  މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ޕީޕީއެމަށް ހަމަ ކުރެވުނީ 14 މެންބަރުންގެ ސޮއި ކަމަށެވެ.

 

ޕީޕީއެމަށް ހަމަ ކުރެވުނީ 14 މެންބަރުންގެ ސޮއި ކަމަށް މަޚްލޫފް ވިދާޅުވި

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން 42 މެންބަރުންގެ ސޮއި ބޭނުންވާ ގޮތަށް ގަވާއިދު ބަދަލުކޮށްގެން މިއަދު އެތިބީ އެ ބޮނޑިވެސް ބޮއިގެން" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މަޚްލޫފް މިހެން ވިދާޅުވި ނަމަވެސް ގާނޫނުއަސާސީގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން ސަބަބު ބަޔާންކޮށް، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިދާނެ ކަމަށެވެ. އަދި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އަންގައި އަނގަ ބަހުންނާއި ލިޔުމުން އޭނާއަށް ދިފާއުވުމަށް މަސައްކަތްކުރުމުގެ ހައްގު ދޭންވާނެ ކަމަށް ބަޔާންކޮށްފައި އޮވެއެވެ. އަދި ފާސްވެއްޖެކަމަށް ބެލެވޭނީ އެވަގުތު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާނެ ކަމަށް ޕޮރްގެރެސިވް ކޯލިޝަން އިން ބުނެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް