ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 00:38
މަޝްހޫރު ލަވަލިއުންތެރިޔާ މަރިޔަމް އުނޫޝާ
މަޝްހޫރު ލަވަލިއުންތެރިޔާ މަރިޔަމް އުނޫޝާ
ފޭސްބުކް
އުނޫޝާ
އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
ކިޑީ އާއި ހަމީޝްގެ އަލަތު ކައިވެންޏަށް ލިބެނީ އަލަތު ދަރިފުޅު

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ)ގެ ކައިވެންޏަށް 10 އަހަރު ވީ ފަހުން މާބަނޑު ވެއްޖެއެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ކިޑީ ބަލިވެއިންތާ ހަ މަސްވެއްޖެއެވެ. އަލަތު ދަރިފުޅު ލިބެން އުޅޭ ޚަބަރާ ގުޅިގެން ކިޑީއަށާއި ފިރިމީހާ އިބްރާހިމް ހަމީޝަށް ގުޅާލުމުން ޖަވާބެއް ނުދެއެވެ. ކިޑީ އާއި ހަމީޝްގެ އަލަތު ކައިވެންޏަށް 10 އަހަރު ފުރިފައިވާއިރު، ކިޑީގެ އުމުރުން މިހާރު 33 އަހަރެވެ.

ގިނަ ބައެއްގެ ލޯބި ލިބި، ކިޑީ މަގުބޫލުވެގެން ގޮސްފައި ވަނީ ސްކޫލް ދައުރުގައި އޭނާ ލަޔަކިޔަން ފަށައި، އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަން ފެށުމާ ގުޅިގެންނެވެ. ކިޑީއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންދީ ފިލްމަކަށް ލަޔަކިޔައިދިން ފުރަތަމަ ދިވެހި ލަވަކިޔުންތެރިޔާއެވެ. އަމިއްލަ ރާގުތަކަށް ލަވަކިޔައި، އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ރާއްޖެ ތަމްސީލު ކުރަމުންދާ ކިޑީއަކީ ކުރިއަރަމުން އަންނަ ގިނަ ޒުވާން ލަވަކިޔުންތެރިންގެ އެދުރެކެވެ.

ކިޑީ ވަނީ މޯލްޑިވިއަން އައިޑޮލްގައި ޖެހިޖެހިން ތިން ފަހަރަށް ވެސް ފަނޑިޔާރުކަން ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
28 ފެބްރުއަރީ 2019 | ބުރާސްފަތި 13:37
ސިންނަ
މިކަމާ އުފާވާނީ މިކަން ކުރިމީހަކު ދޯ
26 ފެބްރުއަރީ 2019 | އަންގާރަ 03:22
Faathi
Maashallah
25 ފެބްރުއަރީ 2019 | ހޯމަ 22:44
މަންޖޫ
ނޫހުގަ ޖަހަންޖެހޭތަ މީހުންގެ ޕްރައިވެޓް އިޝޫޒް؟