Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 23:12
މާރާމާރީގައި ޒަހަމްވި މީހާއަށް ސިފައިން އެހީތެރިވަނީ
މާރާމާރީގައި ޒަހަމްވި މީހާއަށް ސިފައިން އެހީތެރިވަނީ
ރާއްޖެ އެމްވީ
މާރާމާރީ ހާދިސާ
ބޭރު މަސް ބޯޓެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކު އައްޑޫއަށް
ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ ބުދަ ދުވަހު

ރާއްޖެއާ ކައިރިން ދަތުރު ކުރި ބޭރު މަސް ބޯޓެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކު އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ އިރުދެކުނުން 760 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ބޯޓެއްގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އޮސްޓްރޭލިއާ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުން ކަމަށެވެ. އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އިންޑޮނޭޝިއާގެ ދެ ފިރިހެނުންނެވެ.

އެ ދެ މީހުން އަރުވައިގެން ދަތުރުކުރި ބޯޓު ހޯމަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު އައްޑޫސިޓީ ކައިރިކޮށް، އެމްއެންޑީއެފްގެ އުޅަނދުކަށް ނަގައި، އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާރާމާރީ ހިންގި ބޯޓު އައްޑޫ ސިޓީ ބޭރުގައި-- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފްގެ އުޅަނދަށް އެ މީހުން އަރުވަނިކޮށް ނަގާފައިވާ ފޮޓޯތައް ސިފައިން ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން އަނިޔާވި މީހުންގެ ބޮލަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެ ދެ މީހުންނަށް އަނިޔާވި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ސިފައިން އަދި ނުބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 17:26
ހޯކޯމާރް
އަނިޔާވެރިން ގޮވައިގެން ވަގު ބޯޓް ނައްޓާލީތަ އަނެއްކާ! ހޯކޯމާރް