Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 21:46
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ގޫގުލް
އެމްޑީޕީ
ބަލިވި ކެންޑިޑޭޓުން ވާދަނުކުރާނެ ކަމަށް އުއްމީދު ކުރަން: ނަޝީދު
ޕާޓީ އާއި ސިޔާސީ މަސްލަހަތު ބައްލަވާނެ ކަމަށް ދެކިވަޑައިގަންނަވަން: ނަޝީދު

އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނު ކެންޑިޑޭޓުން އެ ޕާޓީގެ އުސޫލުތަކާ ހިލާފަށް އަމިއްލަ ގޮތުން ވާދަނުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކަށް ވާދަ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ހޯމަ ދުވަހުއެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިއްލައްވަން ޖެހިވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއިި އަބްދުﷲ ޖާބިރުއެވެ. 

އެކަމާ ގުޅޭ ގޮތުން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ޕްރައިމަރީގައި ނާކާމިޔާބުވި އެއްވެސް ފަރާތަކުން އަލުން އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. 

 

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ޕާޓީ އާއި ސިޔާސީ މަސްލަހަތަށް ބައްލަވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވެފައިވާއިރު، އަމިއްލަ ގޮތުން ކުރިމަތިލާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވެސް ވަނީ ވިދާޅުވެފައެވެ. 

ޕްރައިމަރީގައި ބަލިވާ ފަރާތްތަކުން އަމިއްލަ ގޮތުން ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
26 ފެބްރުއަރީ 2019 | އަންގާރަ 09:52
މީހާ
އަންނި އަށް ވުރެ އިބޫ މާރަނގަޅުކަމަށް ފެނޭ.
26 ފެބްރުއަރީ 2019 | އަންގާރަ 04:13
Nasheed
Manikufaanu haadha birufulhu vadai gannavany. Manikufaanaa meehaku vaadhako manikufaanu baliviyas ok a nu. Mihaaruves allowance tha Mathias macha libea a nun. Massakathea nukuriyas nasaaraainge athun Libifa huri 5.6 million rf ebaineaun
26 ފެބްރުއަރީ 2019 | އަންގާރަ 02:46
ފަޅޮ
މަނިކްފާނު ބޭނުންފުޅުވާ ބަޔަކު މަޖްލީހަށް ވައްދަން ޕްރައިމަރީގައި މަކަރު ހެދީމައި އަހަރުންވެސް މިތިބީ ކަޑަވެފަ. ނ. ހޮޅުދޫ ދާއިރާގެ ޕްރައިމަރީ މަނިކްފާނުގެ އެކުވެރިޔާ މިލަދޫ ޔޫނުސް ހޮވުމަށް މަކަރު ހަދައި ހޮޅުދޫ ޖައްލެ ކަޓުވާލީ.
26 ފެބްރުއަރީ 2019 | އަންގާރަ 00:23
Dharavandhoo
Kaly bunahagoteh hadane vakibayaku MDP tereyga tibedane hurihameehuneh ves bunahagotheh nuhadane