Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 23:33
ހުސެއިން ސިމާދު
ހުސެއިން ސިމާދު
މުހައްމަދު ޝަރުހާން
އެމްސީ ހަމީދު
ސިމާދު މަރުވެފައި ވަނީ ކަރަންޓުގައި ޖެހިގެން ކަމަށް ލަފާކުރެވޭ: އެމްސީ ހަމީދު
މީހަކަށް ގެއްލުންވާ ގޮތަކަށް އެއްވެސް އަމަލެއް ނުކުރުމަށް ހަމީދު ވަނީ އިލްތިމާސްކުރައްވާފައި

މި މަހުގެ 17 ވަނަ ދުވަހު ގއ. ވިލިނގިލީގައި މަރުވެފައި އޮއްވާ ފެނުނު އައްޑޫ ސިޓީ، ހިތަދޫ، ހުސައިން ސިމާދު މަރުވެފައި ވަނީ ކަރަންޓުގައި ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ. 

ސިމާދުގެ ހަށިގަނޑު ފެނިފައި ވަނީ ވިލިނގިލީ އުތުރު ފަރާތު ހަރުގެއިންނެވެ. 

އެ މައްސަލައިގެ ތަހްގީގާ ބެހޭ ގޮތުން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ، ސިމާދުގެ މަރުގެ މައްސަލާގައި ފުލުހުން ކުރި ތަހްގީގުން ހާމަވެފައިވާ ގޮތުން ސިމާދު މަރުވެފައި ވަނީ ކަރަންޓުގައި ޖެހިގެން ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ފުރާނައަށް ނުރައްކާވާ ގޮތަށް ކަންތައް ނުކުރުމަށް ހަމީދު ވަނީ އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް އެންގުމެއް ނެތި ރައްޔިތަކަށް އަނިޔާވާ ފަދަ ކަމެއް ނުކުރުމަށް ވެސް ހަމީދު ވަނީ ގޮވާލައްވާފައެވެ. 

 

ސިމާދުގެ މަރާ ގުޅިގެން ގއ. ވިލިގިލީގައި ވެސް ވާހަކަ ދެކެވެމުން ދަނީ އޭނާ މަރުވީ ކަރަންޓް ޖެހިގެން ކަމަށެވެ. ވައްކަން ކުރަން ވަދެ އުޅެނިކޮށް ކަރަންޓް ޖެހުނީ ކަމަށް އަޑު އެތުރިފައިވެއެވެ. އަދި އެއީ އެތަނުގައި ޖަހާފައިވާ ކަރަންޓް ދަންތުރައެއް ކަމަށް ވެސް އަޑު ފެތުރިފައި ވެއެވެ. 

ސިމާދުގެ މަރުގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް