Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 20:04
ފޮރިން މިނިސްޓަރު ޝާހިދު ހިއުމަން ރައިޓްސް ކައުންސިލްގައި ތަގްރީރު ކުރައްވަނީ
ފޮރިން މިނިސްޓަރު ޝާހިދު ހިއުމަން ރައިޓްސް ކައުންސިލްގައި ތަގްރީރު ކުރައްވަނީ
ރާއްޖެއެމްވީ
ފޮރިން މިނިސްޓަރ ޝާހިދު
ސެޕްޓެމްބަރު 23 ގައި ދިވެހިން ވަނީ ''ޑިމޮކްރަސީ'' އިންތިހާބު ކޮށްފައި: ޝާހިދު
ފަލަސްތީނަކީ އަމިއްލަ ދައުލުތެއް ގޮތުގައި ބަލައިގަތުމަށް އދ. އަށް ޝާހިދު ވަނީ ގޮވާލައްވާފައި

ދިވެހިރާއްޖެ އިން ނެތިގެން ގޮސްފައިވާ ޑިމޮކްރަސީ ރައްޔިތުންނަށް އަނބުރާ ލިބިފައި ވަނީ މި ސަރުކާރާ އެކު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި އިންސާނިއްޔަތާ ހިލާފު އެތައް ކަންތަކެއް ހިންގާފައިވާ ކަމަށާއި އޭގެ ސަބަބުން އެތައް ރައްޔިތުންނަށް އެކަމުގެ ހިތި ތަހައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.

''ރައްޔިތުން ވަނީ ހުދުމުހުތާރު ވެރިކަމަށް ނޫނެކޭ ބުނެ ޑިމޮކްރެސީ އަށް އާއެކޭ ބުނެފައި. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް އެ ރައްޔިތުން ވަނީ އާއެކު ބުނެފައި'' ޝާހިދު  ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ބަދަލުތައް ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު އެންމެ އިސްކެމެއް ދިނީ ރައްޔިތުންގެ އަތުން ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ޑިމޮކްރެސީ ގާއިމް ކުރުން ކަމަށާއި، އެކަމުގައި މި ސަރުކާރު ދެމި ތިބޭނެ ކަމަށެވެ. އެ ގޮތުން ކުރީގެ ސަރުކާރުން ނިގުޅައިގަނެފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުން ގާއިމުކޮށްދީފި ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރީގެ ސަރުކާރުން ވުޖޫދަށް ގެނައި "އަބުރުގެ ގާނޫނު" މި ސަރުކާރު އައުމާ އެކު އުވާލާފައިވާކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެ ގާނޫނު އުވާލެއްވުމަށް ހުށަހެޅުއްވީ ވެސް ހުދު އެމަނިކުފާނެވެ. 

މިޔަންމާ އިން އެގައުމުގެ ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ފަލަސްތީނަކީ އަމިއްލަ ދައުލުތެއް ގޮތުގައި އދ. އިން ބަލައިގަންނަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ. 

ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދިވެހި ދައުލަތުން އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރި ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
26 ފެބްރުއަރީ 2019 | އަންގާރަ 03:33
މުހުންމަދު
މީހާ އުމުރުން ދުވަސްވުމަކުން ތަޖްރިބާތަކެއްލިބި ތަސައްރަފު ނުފުދޭކަން އެނގެނީއެމީހާގެ ވާހަކައާއި ކުރާއަމަލު ތަކުންނެވެ. ތިމާމެންމޮޅުބައެއްކަން ދެއްކުމަށްޓަކައި ފާއިތުވިތަނުގެ ތިމާގެ ގައުމުގެ ވެރިންގެ ގޯސްވާހަކަ ދެއްކުމަކީ ދުނިޔޭގެ ތަހުޒީބު ޤައުމުތަކުން ކުރާ އަދިބަލައިގަންނަކަމެއްވެސް ނޫން. ދައްކާނެ ހަރުދަނާ މޮޅުވާހަކައެއް ނޭނގެންޏާ އަނގަ މަނޑުންލައިގެން ހުރުން މާ ބުއދިވެރިވާނެ.