Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 20:55
ކްލިކް ކޮލެޖުގެ ދަރިވަރުންތަކެއް
ކްލިކް ކޮލެޖުގެ ދަރިވަރުންތަކެއް
ގޫގުލް
ކްލިކް ކޮލެޖު
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި ކްލިކް ކޮލެޖުން ބައިވެރިވެއްޖެ
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް މިހާރު ހުށައެޅޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި ކްލިކް ކޮލެޖް އިން ބައިވެރިވެއްޖެއެވެ.

އަމިއްލަ ކޮލެޖުތަކުގައި ފުރަތަމަ ޑިގްރީ ހާސިލުކުރާ ދަރިވަރުންގެ ކޯސް ފީގެ ބޮޑު ބައި ސަރުކާރުން ދައްކައިދޭއިރު ކްލިކް ކޮލެޖްގެ ގިނަ ކޯސްތަކެއް ސަރުކާރުގެ ހިލޭ އެހީއަށް ކިޔަވާ ޕްރޮގްރާމްގެ ތެރޭގައި ހިމެނިފައިވާ ކަމަށް އެކޮލެޖުން ވަނީ ބުނެފައެވެ. އެގޮތުން އެކައުންޓިން، ބިޒްނަސް މެނޭޖްމެންޓު، މާރކެޓިންގ، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރެވަލް އެންޑް ޓުއަރިޒަމް، އިންފޮރމޭޝަން ޓެކްނޮލޮޖީ އާރލީ ޗައިލްޑް ހޫޑް އަދި މީގެ އިތުރުން ޓިޗީންގު ދާއިރާގެ ކޯސްތަށް ހިމެނޭއެވެ.

މީގެ އިތުރުން ކްލިކް ކޮލެޖްގައި ހިންގާ އިނގިރޭސި ވިލާތުގެ ހެރިއެޓްވާރޓް ޔުނިވާރސިޓީގެ ކޯސްތައް ވެސް ސަރުކާރުގެ ހިލޭ އެހީއަށް ކިޔަވައިދިނުމުގެ ޕޮރޮގްރާމްގެ ދަށުން ކިޔޭވޭނެ ކަމަށް ކްލިކުން ވަނީ ބުނެފައެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި އޮތް ރަސްމިއްޔާތެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ކްލިކް ކޮލެޖާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުއްރަހީމް ހަސަންއެވެ. އަދި ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ޕްރެސިޓެންޓް ހަސަން އަބްދު الله ސައީދެވެމި އެއްބަސްވުމުގައި ސޮއިކުރުމާ އެކު މިހާރުން ފެށިގެން އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ހުޅުވާލާފައިވާ ކަމަށް ކްލިކް ކޮލެޖުން ވަނީ ބުނެފައެވެ. އަދިފެށިގެން ހިލޭ އެހީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމުގައި ހޯމަ ދުވަހުން ބައިވެރިވުމަށް ފޯމް ހުށައެޅޭނެ ކަމަށް ވެސް އެކޮލެޖުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް