Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 20:56
މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް: ބިލު ފާސްކުރަން ތިން ވަނަ ފަހަރަށް ވަނީ އެޖެންޑާކޮށްފައި
މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް: ބިލު ފާސްކުރަން ތިން ވަނަ ފަހަރަށް ވަނީ އެޖެންޑާކޮށްފައި
މަޖިލިސް
ރިޔާސީ ކޮމިޝަން
ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލު ފާސްކުރަން އަނެއްކާވެސް އެޖެންޑާކޮށްފި
އީސީ މެމްބަރު ކަމަށް ހުށަހެޅި ނަންތައް ވެސް އިއްވާނެ

ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ތިން ވަނަ ފަހަރަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވެ. ނަމަވެސް އެ ބިލު ފާސްކުރަން މިހާތަނަށް ވޯޓަށް އެހި ކޮންމެ ފަހަރަކު އެ އަދަދަށް މެމްބަރުން ތަޅުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

އެގޮތުން އެ ބިލު ފާސްކުރަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރުމުން ވެސް އެ އަދަދަށް މެމްބަރުން ތަޅުމަށް ހާޒިރުވެފައެއް ނުވެއެވެ.

ސާޅީސްތިން މެމްބަރުން ވޯޓުގައި ބައިވެރިނުވެގެން ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސްނުކުރެވިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 47 އަށް އަރައެވެ.

ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލާގައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އެ ބޭފުޅުން އެ ބިލު ފާސްކުރާ ވޯޓުގައި ބައިވެރިވުމަށް ދެކޮޅު ހައްދަވަނީ ކޮރަޕްޝަނާއި ފަސާދައިގައި ބައެއް މެމްބަރުން ޖެހިވަޑައިގެންފައި ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރިޔާސީ އެގޮތަށް ވިދާޅުވެފައިވާއިރު، ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާ އެކު ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އެ ޕާޓީ ދޫކުރައްވައި، ޖޭޕީއާ ގުޅިވަޑައިގެންފައެވެ. ޕީޕީއެމްގެ ގިނަ މަޖިލިސް މެމްބަރުންތަކެއް ޖޭޕީއާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 22 އަރާފައެވެ. ޖޭޕީއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ. 

އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ނަންތައް ވެސް ތަޅުމަށް އިއްވުމަށް ތާވަލުކޮށްފައިވެއެވެ. އަދި ދެ ސަފީރަކަށް ރުހުން ދިނުމަށް ކޮމެޓީން ނިންމާފައިވާ ރިޕޯޓަށް ވޯޓަށް އެހުމަށް ވެސް އެޖެންޑާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 17:22
ބޯބުޅި
މިހާރުވެސް ތިއޮތީފެއްނަން ކޯލިސަނުގާ 47 ތެންކީވެ ނުވާވީ ބޭނުން ނުވަނީ ސޯޓުބޭލިދާނެތީ މިހާރުނުވިކަމެއް ފަހަކުންވެސްނުވާނެ ދެންކީކޭތިކިޔަނީ ރަށްޔިތުނަވިސްނޭނެ ހެވާނުބާ ދޮގުވާހަކަނުދަކާ ނުލިބޭނެ ވޯޓު ދނލލލ/