Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 19:52
ރައީސުލްޖުމްހޫރިއްޔާ ޅ. ހިންނަވަރު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޅ. ހިންނަވަރު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ކައުންސިލްތަކުގެ ރޭންކިންގ
ކައުންސިލްތަކުގެ ރޭންކިންގ 2017 މާދަމާ އިއުލާން ކުރަނީ
މިއީ ލާމަރުކަޒީ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތެއް

ލޯކަލް ކައުންސިލްސް ޕާރފޯމެންސް އިންޑެކްސް 2017 އަށް ބިނާކޮށް އެކުލަވާލައިފައިވާ "ކައުންސިލްތަކުގެ ރޭންކިންގ" އަންގާރަ ދުވަހު އިއުލާން ކުރުމަށް ހަމަޖައްސައިފިއެވެ.

ލާމަރުކަޒީ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ކައުންސިލްތަކުގެ ރޭންކިންގ 2017 އިއުލާނުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު ބާއްވާ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއެވެ.

ލޯކަލް ޕާރފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު ތަޢާރަފް ކޮށްފައިވާ ހާއްސަ އިންޑެކްސްއެކެވެ. އެގޮތުން، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެލްޖީއޭ އިން ބުނެއެވެ.

އެލްޖީއޭ އިން ބުނީ މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއް ފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރކޮށް ރޭންކް ކުރަމުން އަންނަ ކަމަށެވެ. 

'ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް'ގެ ދަރަޖަތަކަށް ބަލާ، ވަނަ-ވަނަ އަށް އަންނަ ކައުންސިލްތަކަށް "ކަންގަތި އެވޯޑު"ގެ ނަމުގައި އެވޯޑެއް ވެސް އަންނަނީ ދެމުންނެވެ. މި އެވޯޑް ދިނުމަށް ވަކި ރަސްމިއްޔާތެއް ބާއްވާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް