ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 00:06
ޓޯޓަލް ދަމާލް ޕޯސްޓަރ
ޓޯޓަލް ދަމާލް ޕޯސްޓަރ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ފުރަތަމަ 3 ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމްކަމަށް ޓޯޓަލް ދަމާލް!
ތިން ދުވަހުން ވަނީ 62.40 ކްރޯޑް ރުޕީސް ލިބިފައި

މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން، އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "ޓޯޓަލް ދަމާލް" ވެއްޖެއެވެ.

އަޖޭ ދޭވްގަން، އަނިލް ކަޕޫރު، މާދުރީ ޑިކްސިޓް އަދި އަރުޝަދް ވަރްސީގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 16.50 ކްރޯޑް ރުޕީސް އެވެ. އަދި ހޮނިހިރު ދުވަހު އާމްދަނީގެ ގޮތުގައި 20.40 ކްރޯޑް ރުޕީސް ލިބިފައިވާއިރު އާދިއްތަ ދުވަހު މި ފިލްމަށް ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 25.50 ކްރޯޑް ރުޕީސް އެވެ.

އެ ފިލްމަށް ވަނީ ތިން ދުވަހުން ވަނީ 62.40 ކްރޯޑް ރުޕީސް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައެވެ.

އެހެން ކަމުން އެ ފިލްމް ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ފުރަތަމަ ތިން ދުވަހު އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

ލިސްޓްގެ ދެ ވަނާގައި އޮތީ ރަންވީރު ސިންގާއި އާލިއާ ބަޓް ލީޑްރޯލުން ފެނިގެންދާ ފިލްމް "ގަލީ ބޯއީ" އެވެ. މި ފިލްމަށް ފިލްމް ރިލީޒް ކުރި ފުރަތަމަ ތިން ދުވަހުން ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 51 ކްރޯޑް ރުޕީސްއެވެ. ކަންގަނާ ރަނައުތް ލީޑް ރޯލު ކުޅެފައިވާ ފިލްމް "މަނިކްރަނިކާ" އަށް ތިން ދުވަހުން 42 ކްރޯޑް ރުޕީސް ލިބިފައިވާއިރު ވިކީ ކައުޝަލްގެ "އުރީ" އަށް ލިބިފައި ވަނީ ފުރަތަމަ ތިން ދުވަހުން 35 ކްރޯޑް ރުޕީސްއެވެ.

"ޓޯޓަލް ދަމާލް" އަކީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމް 'ދަމާލް'ގެ ތިން ވަނަ އިންސްޓޯލްމަންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް