Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 17:17
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ
މުހައްމަދު ޝަރުހާން
ޕޮރްގްރެސިވް ކޯލިޝަން
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައިފިން: ނިހާން
މައްސަލަ ވައްދާފައި ވަނީ ހޯމަ ދުވަހު

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތްކަކުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ. ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްދިނުމަަށް އެދި ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުން ސޮއިކޮށް ފޮނުވާފައިވާ ކަަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން 14 ދުވަހުގެ ތެރޭގައި އެ މައްސަލަ ތާވަލް ކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

އެ މައްސަލަ ހުށަހަޅާފައިވާކަން މަޖިލީހުގެ އިދާރާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާނެ ކަމަށް ޕޮރްގެރެސިވް ކޯލިޝަން އިން ބުނެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައެވެ. 

ޕީއެންސީ އިން ކޯލިޝަން އިން ހުށައެޅިކަން ހާމަކޮށްފައިވާއިރު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދިޔަސް ފެއިލްކޮށްލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މީގެ ކުރިން ވިދާޅުވެފައިވާއި ވޯޓު ދެއްވާނީ މާރިޔާއާ އެއްކޮޅަށް ކަމަށާއި ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓަށް ފުރިހަމައަށް އިތުބާރު އެބަ އޮތް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 12:31
އަރާއަރަފޯދިގެންނުވޭ
ނިހާނުކަހަލަ ގުންޑާ ކްރިމިނަލް އަކަށް މަޖިލީސް ކުޑަކަކޫ ޖެހިފަ، މާރިޔާ ގެ ޕިޔޯނަކަށް ވެސް ދޮންކެޔޮ އަރާއަރަފޯދިގެންނުވޭ