Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 14:43
ޝިދާތާ ޝަރީފް
ޝިދާތާ ޝަރީފް
ޖެންޑާ މިނިސްޓްރީ
އައިޖީއެމްއެޗް
އާސަންދަ އާއި އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗްގައި ގާއިމުކޮށްފި
ޚިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން ރޭގަނޑު 09:00 އަށް

ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން އާސަންދަ އާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ "ޑިސްޕެޗް" ކައުންޓަރެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާއިމުކޮށްފިއެވެ.

އައިޖީއެމްއެޗްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ކައުންޓަރގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފްއެވެ.

އާސަންދަ އާއި އެންސްޕާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް މި ކައުންޓަރުގެ ސަބަބުން އައިޖީއެމްއެޗް އިން ވެސް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އާސަންދަ އާއި އެންސްޕާގެ ފޯމުތައް ދޫކުރުމާއި، ހުށަހެޅޭ ފޯމުތައް ބަލައިގަތުމާއި، މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ކައުންޓަރުގެ ޚިދުމަތް ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން ރޭގަނޑު 09:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ބަލި މީހުންނާއި އެ ފަރާތްތަކުގެ އެހީތެރިން އާސަންދަ އާއި އެންސްޕާއިން ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން ނާޒުކު ޙާލަތްތަކުގައި އެއް އޮފީހުން އަނެއް އޮފީހަށް ދިޔުމަކީ ވަގުތާއި ދަތުރުފަތުރުގެ ގޮތުން އުނދަގޫ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މި ފަދަ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާ އެކު އެއް ތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ޝިދާތާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް