Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 14:52
ޕާކުކޮށްފައި ހުރި ސައިކަލުތަކެއް
ޕާކުކޮށްފައި ހުރި ސައިކަލުތަކެއް
ގޫގުލް
ސްޓިކާ ޖެހުން
ގަވާއިދާ ހިލާފަށް ޕާކް ކުރާ ނަމަ ސްޓިކާ ޖަހާނެ ސަރަހައްދުތަކެއް ކަނޑައަޅައިފި
ހަތް ސަރަހައްދެއް ފުލުހުން ވަނީ ކަނޑައަޅާފައި
ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ގިނަވެ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައި

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ގިނަވެ، އާންމުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން އުޅަނދުތަކުގައި ސްޓިކާ ޖަހަން އަނެއްކާ ވެސް ފުލުހުން ފަށައިފިއެވެ.

ސްޓިކަރ ޖަހާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވެފައި ވަނީ ޕާކް ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ކުރަން ސްޓިކަރ ނުޖަހާނެ ކަމަށެވެ. އެގޮތުން ޖެނުއަރީ މަހު ސައިކަލްތަކުގައި ސްޓިކާ ޖެހުން ވަނީ ހުއްޓާލާފައެވެ. އަދި އޭގެ ފަހުން ގާވާއިދާ ހިލާފަށް ހުންނަ އުޅަނދުތައް ފުލުހުން ވަނީ ޓޯކުރަން ފަށާއެވެ.

ނަމަވެސް ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތައް ކުރިމަތިވެ، ޝަކުވާ ބޮޑުވަމުންދާ ކަމަށެވެ.

އެހެންކަމުން ހޯމަ ދުވަހުން ފެށިގެން ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހާނެ ސަރަހައްދުތަކެއް މިހާރު ވަނީ ކަނޑައަޅާފައެވެ. 

އެއީ

  1. މިސްކިތްތައް ކައިރި
  2. ކަފިހި ހުރަސް/ދުވާރު
  3. މަގު/ގޯޅި ކަންމަތި،
  4.  ސްކޫލުތައް ކައިރި،
  5. ހޮސްޕިޓަލްތައް ކައިރި،
  6.  އަދި ބޭންކުތައް ކައިރި،
  7.  ބޮޑުތަކުރުފާނުމަގުގެ ތާރުއަޅާފައިވާ ސަރައްހަދު

މީގެ އިތުރުން ފުލުހުން ބުނީ ފުލުހުންގެ ކޯން/ބެރިކޭޑް ބެހެއްޓިފައިވާ ސަރަހައްދު އަދި ޑަބަލް ލައިން ދަމާފައިވާ ސަރައްހަދު ހިމެނޭ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް