Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 12:46
ފުވައްމުލަކުގައި ކުރިޔަށްގެންދާ ޕްރޮގުރާމުގެ ބައިވެރިން
ފުވައްމުލަކުގައި ކުރިޔަށްގެންދާ ޕްރޮގުރާމުގެ ބައިވެރިން
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރަންވީ ގޮތްތައް އޮޅުންފިލުވައިދިނުމަށް ހާއްސަ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި
މުއައްސަސާތަކުން 20 ބައިވެރިން މިޕްރޮގްރާމުގައި ބައިވެރިވި

ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގުޅިގެން، އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރަންވީ ގޮތްތައް އޮޅުންފިލުވައި ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ފެބުރުއަރީ 24ން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިވާނެ ގޮތްތަކާއި އަލިފާނުގެ ހާދިސާއެއްް ހިނގައިފިނަމަ އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރަންވީ ކަންކަންކަމާއި އެފަދަ ހާލަތެއްގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ދަސްކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި ގޭބިސީތަކާއި މުއައްސަސާތަކުގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކު ސިޓީގައި ހުރި މުއައްސަސާތަކުން 20 ބައިވެރިން މިޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް