Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 12:49
ހުޅުމާލެ ފެރީ ޓާރމިނަލް
ހުޅުމާލެ ފެރީ ޓާރމިނަލް
މުހައްމަދު ޝަރުހާން
އެއާރޕޯޓް ފެރީ
އެއާޕޯޓް ފެރީ ފުރުން ހުޅުމާލެ ފެރީ ޓާމިނަލަށް
މިބަދަލާއި އެކު ހުޅުލެއަށްދާ ފެރީތައް ފުރާނީ ހުޅުމާލެ އަށް ދާން ފެރީތައް ފުރާ ޓާމިނަލުން
ފެރީގައި ހުޅުލެއަށް މިހާރު ދަނީ މަދު ބައެއް

 

އެއާޕޯޓަށް ދާން ފެރީތައް ފުރުމާގުޅުންހުރި ކަންކަން ހުޅުމާލެ ފެރީ ޓާމިނަލް އަށް ބަދަލު ކޮށްފި އެވެ.

 

އެއާރޕޯޓަށް ދާ ފެރީތަކަށް އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ގެނައި މި ބަދަލާއެކު ހުޅުލެއަށްދާން ފުރާނީ ހުޅުމާލެ އަށް ދާން ފެރީތައް ފުރާ ޓާމިނަލުންނެވެ. މީގެ ކުރިން ހުޅުލެ ފެރީތައް ފުރަނީ ކުރީގެ ނަސަންދުރަ ކުރިމަތިންނެވެ.

ހުޅުލެ ފެރީތައް ފުރާތަން ބަދަލު ކޮށްފައިވާއިރު، ފެރީގައި ހުޅުލެއަށް މިހާރު ދަނީ މަދު ބައެކެވެ. މީގެމައިގަނޑު އެއް ސަބަބަކީ "ސިނަމާލެ- ބްރިޖް" އެޅުމާއެކު ގިނަ ބަޔަކު އެއްގަމު މަގުން އެއާޕޯޓަށް ދާން ފެށުމެވެ.

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެރީގެ ހިދުމަތް ދެނީ ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުންކަން ފާހަގަ ކޮށްލެވެއެވެ.

ސިނަމާލެ ބްރިޖު ހުޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަތުރު ކުރަމުންދަނީ ބެރިޖުންނެވެ. މިކަމުގެ ސަބަބުން އާންމު ފެރީތައް ބޭނުން ކުރާ މީހުންގެ މިންވަރު ވަރަށް ބޮޑަށް މަދެވެ. މިހާރު ފެރީ މެދުވެރިކޮށް ދަތުރުކުރާ ދިވެހިންގެ އަދަދު މަދުވެފައިވާއިރު ގިނައިން ފެރީ މެދުވެރިކޮށް ދަތުރުކުރަމުން ދަނީ ބިދޭސީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް