Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 11:45
ޑިސްޕެޗް ކައުންޓަރ
ޑިސްޕެޗް ކައުންޓަރ
މުހައްމަދު ޝަރުހާން
ޑިސްޕެޗް ކައުންޓަރ
ޑިސްޕެޗް ކައުންޓަރުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފި
ކައުންޓަރުގެ ޚިދުމަތް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ލިބޭނެ

އައިޖީއެމްއެޗްގައި ގާއިމް ކޮށްފައިވާ  ޑިސްޕެޗް ކައުންޓަރުގެ ޚިދުމަތް ހޯމަ ދުވަހު ރަސްމީކޮށް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްއިން ހޯމަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި  މިއަދު ހުޅުވިގެން ދިޔަ ޑިސްޕެޗް ކައުންޓަރަކީ  އާސަންދަ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓރީއޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އާއި ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފައިވާ ބަލި މީހުންނަށް  އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ޚިދުމަތްތަށް ފަސޭހައިން ހޯދައި ދިނުމަށްޓަކައި ހުޅުވިގެން ދިޔަ ކައުންޓަރެއް ކަމަށެވެ.

މިކައުންޓަރުން ލިބޭ ޚިދުމަތް ތަކުގެ ތޭރޭގައި އާސަންދައާއި އެންސްޕާގެ ފޯމްތައް ބަލައިގަތުމާއި، ފޯމްތައް ފޮނުވައި ދިނުމާއި އަދި ފޯމުގައި އެދިފައިވާ ޚިދުމަތް  ހަމަޖައްސައިދެވޭނީ އާސަންދަ އަދި އެންސްޕާގެ މައި އޮފީހުން ކަމަށް އިއުލާނުގައި ބުނެފައިވާއިރު  މި ދެ ތަނުގެ ޚިދުމަތް ތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ވެސް ހަމަޖެހިފައިވަނީ މި ކައުންޓަރުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އާސަންދައާއި އެންސްޕާ އާއި ގުޅޭ އިންތިޒާމްތައް އެ ކައުންޓަރުން ހަމަޖެހިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުގެ އިއުލާނުގައި ބުނެފައި ވެއެވެ.

ޑިސްޕެޗް ކައުންޓަރުގެ ޚިދުމަތް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ލިބިގެން ދާއިރު

ކައުންޓަރުގައި މަސައްކަތް ކުރާނީ އާސަންދައާއި އެންސްޕާގެ މުވައްޒަފުން ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މި ކައުންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 07:06
ސްމޮނޮ
ލޭ ނަގާ ކައުންޓާޜުތައް ނުބެލެހެްޓޭ ބަޔަކަޢް އިތުރު ބޮލުގަރިއްދސުމެއްދޯ