Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 12:14
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ޕްރައިމަރީއިން ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އެމައްސަލަ ހުށައެޅުއްވީ ޖާބިރު

ޕްރައިމަރީއިން ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. 

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ ޕްރައިމަރީގައި ބަލިވާ ފަރާތްތަކަށް ވާދަކުރުން މަނާކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެކަން ބަދަލު ކުރުމަށް ސުޕްރީމް ކޯޓަށް އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިއްލައްވަން ޖެހިވަޑައިގަތް އަބްދުﷲ ޖާބިރު ހުށައެޅުއްވި މައްސަލައިގައެވެ.

 

ޖާބިރާއެކު އެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިން ވެސް ބައިވެރިވި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް  އެމައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލްކަމަށެވެ. އަދި  އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.  

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށެވެ. އެކަމަކީ ގާނޫނު އަސާސީގެ ސިފައެއް ނޫން ކަމަށް އެހުމްގައި ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް 2013 ވަނަ އަހަރު ގެނައި އިސްލާހެއްގައި، އިތުރުކުރި މާއްދާގައި ބުނެފައި އޮންނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތް ކަމުގައި ވިޔަސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި މިފަދަ މީހަކު އިިންތިހާބެއްގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ކެންޑިޑެސީ ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 07:27
ތީބާ
ކީއްކުރަން އުޅޭ ޤާނޫނު ހަދާ މަޖިލީހެއް. ކޯޓު އޯކޭ އެއް ނުން.