Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 11:16
މިނިސްޓަރު ޝާހިދު ޖެނީވާގައި
މިނިސްޓަރު ޝާހިދު ޖެނީވާގައި
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
މިނިސްޓަރު ޝާހިދު ޖެނީވާއަށް ވަޑައިގެންފި
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ ހައި-ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަންނަވާނެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްވިޓްޒަލެންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ. 

މިނިސްޓަރު ޝާހިދު ޖެނީވާ ވަޑައިގެންނެވީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ ހައި-ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމެންޓްގައި ޝާހިދު ވާހަކަފުޅު ދައްކަވާނީ ހޯމަ ދުވަހު ރާއްޖެ ގަޑިން 6:00 ގައެވެ.

މި ސެގްމަންޓްގައި ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި، އިންސާނީ ޙައްޤުތަކާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއީ ގުޓަރޭޒްގެ އިތުރުން އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ މިޝެލް ބެޝެލެޓްވެސް ވާހަކަފުޅު ދައްކަވާނެއެވެ.

ޖެނީވާއަށް ކުރައްވާ ދަތުރުފުޅުގައި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އެހެން ބައެއް ބޭފުޅުންނާއިއެކު ޝާހިދު ބައްދަލުކުރައްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 49 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް