Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 08:47
ވަގަށް ނަގާފައިވާ ތިޖޫރި
ވަގަށް ނަގާފައިވާ ތިޖޫރި
މޯލްޑިވްސް ޕޮލިސް ސާރވިސް
ވައްކަން ކުރުން
ވަގަށް ނަގާފައިވާ އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީހުގެ ތިޖޫރީ ފެނިއްޖެ
ތިޖޫރި ފެނުނުއިރު ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތް
މިއްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ

މިމަހުގެ ފަސް ވަނަ ދުވަހު ވަގަށް ނަގާފައިވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގެ އައްޑޫ އޮފީހުގެ ތިޖޫރީ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ތިޖޫރި ފެނިގފައިވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާ ފުއްޓަރު ފަރާތުން ވަލުތެރެއިން ކަމަށެވެ. އަދި އެތަން ބަލާ ފަސްކޮސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

ތިޖޫރި ފެނުނުއިރު ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.

 އަދި މިއްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ކުރިން ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ތިޖޫރީ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ހެނދުނު 08:01 ގައި ކަމަށާއި، ތިޖޫރީގައި 50،000 އަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 28 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް