Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 18:43
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބަށް އޮފިޝަލުން ހޯދުމުގެ މުއްދަތު އިތުރުކޮށްފި
މިހާތަނަށް ލިބިފައިވަނީ 2400 އޮފިޝަލުން
ޖުމްލަ 4500 އޮފިޝަލުން ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވި

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ވުމުގެ ފުރުސަތު އިތުރު ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އޮފިޝަލުންނަށް ވުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން ފަސްދުވަހަށް އިތުކޮށްފައިވާ ކަމަށެވެ.

އޮފިޝަލުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އާދިއްތަ ދުވަހަށް ހަމަވިއިރު ޖުމްލަ 2400 އޮފިޝަލުން މިހާތަނަށް ލިބިފައިވާ ކަމަށާއި އަދި އިތުރަށް 2000 އޮފިޝަލުން ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށްފަހު އޮފިޝަލުންނަށް ދިމާވި ބިރުދެއްކުމުގެ ކަންތައްތަކާ ގުޅިގެން އޮފިޝަލުންނަށް ވާން މީހުން ޖެހިލުންވާކަމަށް އިލެކްޝަންސް ކަމިޝަނުން ކުރިން ވަނީ ބުނެފައެވެ.

އޮފިޝަލުން ހޯދުމަށް ސިޔާސީ ޕާޓީތަކާއި ސިވިލް ސާވިސް ކޮމިޝަނާއި އަދި ދައުލަތުގެ ކުންފުނިތަކުގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކުރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވާ ދުވަސް ކަމުގައިވާ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވޭނެ ކަމަށާއި އެތާރީޚަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މަޖިލީހުގެ އިންތިޚާބު މޮނިޓަރ އަދި އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 28 އާ ހަމައަށް އީސީއިން ވަނީ އިތުރުކޮށްފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 37 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް