ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 22:45
ފަރްޚާން އަޚްތަރު އާއި ޝިބާނީ ޑަންޑޭކަރު
ފަރްޚާން އަޚްތަރު އާއި ޝިބާނީ ޑަންޑޭކަރު
އިންސްޓަގްރާމް
ބޮލީވުޑް
ފަރްޚާން އަޚްތަރު އާއި ޝިބާނީގެ ލޯބީގެ ގުޅުމަށް އެއް އަހަރު ފުރުނީތަ؟
މި ޖޯޑު ވަނީ އެދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ދެމީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި

ބޮލީވުޑް އެކްޓަރ އަދި ފިލްމް މޭކަރ ފަރްޚާން އަޚްތަރު އާއި އޭނާގެ ލޯބިވެރިޔާ ޝިބާނީ ޑަންޑޭކަރުގެ ލޯބީގެ ގުޅުމަށް އެއް އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

މި ޖޯޑު ވަނީ އެދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ދެމީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ފަރްޚާން އަދި ޝިބާނީ ލިޔެފައިވަނީ "ތްރީ ސިކްސް ފައިވް" އެވެ. ފަރްޚާން އެނާގެ ފޮޓޯގެ ކެޕްޝަން އާއި އެކު ޖަހާފައިވަނީ ޓްރޮފީ އިމޯޖީއެކެވެ. އަދި ޝިބާނީގެ ފޮޓޯގައި ކެޕްޝަންއާއި އެކު  އޭނާ ޖަހާފައިވަނީ ގަން އަދި ހާޓް އިމޯޖީ އެކެވެ.

ފަރުޚާން އަދި ޝިބާނީވެސް އެދެމީހުންގެ ލޯބީގެ ގުޅުމާއި ގުޅޭގޮތުން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް މި ދެމީހުން ދަނީ ސޯޝަލް މީޑިއާގައި މިދެމީހުންގެ ގާތް ގުޅުން ދައްކުވައިދޭ ފޮޓޯތައް ހިއްސާކުރަމުންނެވެ.

ފަރްޚާން އާއި ޝިބާނީގެ ގުޅުމާއި ގުޅޭގޮތުން ޝިބާނީ ކުރިން ބުނެފައިވަނީ ފޮޓޯތަކާއި ގުޅޭގޮތުން އެއްޗެއް ނުބުނިނަމަވެސް އަދި ކެޕްޝަންގައި އެއް ނުޖެހި ނަމަވެސް ފޮޓޯތައް ބަލާމީހުނަށް ހުރިހާ ކަމެއް ދޭހަވާނެ ކަމަށެވެ.

ފަރްޚާން އާއި އޭނާގެ ކުރީގެ އަންހެނުން އަދޫނާ ބާބާނީގެ ކައިވެނި 16 އަހަރަށް ފަހު ރޫޅިފައިވަނީ 2016  ވަނަ އަހަރު އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް