Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 16:39
ރާއްޖެ އެމްވީ
ޕްރޮގްރެސިވް ކޮންގްރެސް
ރައީސް، އަޅުގަނޑުމެންނަށް ޕޮޒިޓިވް ޖަވާބު ދެއްވި: އަބްދުއްރަހީމް
އިދިކޮޅު މެމްބަރުން ވަނީ ރައީސާ ބައްދަލު ކުރައްވާފައި
ބައްދަލު ކުރެއްވީ އެދިވަޑައިގެންނެވިތާ ދެ ދުވަހުގެ ތެރޭ

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމުން، ޕޮޒިޓިވް ޖަވާބުތަކެއް އެމަނިކުފާނު ދެއްވި ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް އޮފީހުން ނުކުމެވަޑައިގެން، "ރާއްޖެއެމްވީ" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި ބޭނުންވާ ވާހަކަތަކެއް ހިއްސާ ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އެ ވާހަކަތަކަށް ރައީސް ޕޮޒިޓިވް ޖަވާބު ދެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ހިއްސާ ކުރުމާ އެކީގައި ރައީސް ވިދާޅުވި އެބަ ބައްލަވަމޭ. އެޓެންޑްވެވަޑައިގަންނަވާނަމޭ. ވަރަށް ކުރު ބައްދަލުވުމެއް. އަޅުގަނޑުމެންގެ ވާހަކަ އަޑުއައްސަވާފައި ވިދާޅުވި، ބައްލަވާފަ އެމަނިކުފާނަށް އެކަމުގައި ކުރެވެން އޮތް ކަމަކަށް އެޓެންޑްވެވަޑައިގަންނަވާނަމޭ. ރައީސް އަޅުގަނޑުމެންނަށް ޕޮޒިޓިވް ޖަވާބު ދެއްވި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމާއި ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއް ރައީސް ސޯލިހާ ބައްދަލު ކުރެއްވީ އެޕޮއިންޓްމެންޓަށް އެދިވަޑައިގެންނެވިތާ ދެ ދުވަހުގެ ތެރޭގައެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސާ ބައްދަލު ކުރެއްވުމަށް ހުށަހެޅުއްވުމުން، އެ ބޭފުޅުން އެމަނިކުފާނާ ބައްދަލު ކުރެއްވީ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30ގައެވެ.

ރައީސް ޔާމީން ހައްޔަރު ކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ރައީސް ސޯލިހާ ހިއްސާކުރެއްވި ކަމަށާއި ނަމަވެސް އެދިވަޑައިގެންނެވި ކަންތައްތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެކަމުގެ ތަފްސީލް އެބޭފުޅުން ފަހުން ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ހިއްސާ ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ފެބްރުއަރީ 2019 | އާދީއްތަ 12:54
ދަހަނާ
ގޮތް ހުސްވީމަތޯ ވާހަކަދައްކައިގެން ހައްލެއްފެނޭތޯ މިއުޅުނީ.. ތީދެން މާގަދަވެފަ ޒުވާބުކޮއް ގަދަބާރުން ކަންކަން ނިންމަން އުޅޭ ބައެއްނު.