ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 20:48
ސަލްމާން ޚާން އާއި ސަންޖޭ ލީލާ ބަންސާލީ
ސަލްމާން ޚާން އާއި ސަންޖޭ ލީލާ ބަންސާލީ
ހޮލީވުޑް ލައިފް
ބޮލީވުޑް
ނަވާރަ އަހަރަށްފަހު ބަންސާލީއާ އެކު ސަލްމާން ފިލްމެއް ހަދަނީ
މިފިލްމަށް ދިނުމަށް ހަމަޖެހިފައިވާ ނަމަކީ "އިންޝާﷲ"

އެކްޓަރ ސަލްމާން ޚާން ބޮލީވުޑްގެ މަޝްހޫރު ފިލްމް އުފައްދާ ފަންނާނެއް ކަމަށްވާ ސަންޖޭ ލީލާ ބަންސާލީއާ އެކު ލޯބީގެ ފިލްމެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަލްމާން އެންމެ ފަހުން ކުޅެފައިވާ ބަންސާލީގެ ފިލްމަކީ "ހަމް ދިލް ދެ ޗޫކޭ ސަނަމް" އެވެ. މީގެ 19 އަހަރު ކުރިން ކުޅެފައިވާ މި ފިލްމްގައި ސަމްލާންއާ އެކު ލީޑް ރޯލު ކުޅެފައި ވަނީ އައިޝްވަރިޔާ ރާއީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާ ފިލްމްގެ ވާހަކަ ރަސްމީކޮށް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ ސަލްމާންގެ އުފަންދުވަސް ކަމަށްވާ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މިފިލްމަށް ދިނުމަށް ހަމަޖެހިފައިވާ ނަމަކީ "އިންޝާﷲ" އެވެ.

މިފިލްމްގެ ސްކްރިޕްޓް އެއްކޮށް ފައިނަލް ކުރުމަށް ހައެއް ނުވަތަ ނުވަ މަސް ހޭދަވާނެ ކަމަށާއި ފިލްމްގެ ޝޫޓިން އަންނަ އަހަރު ފެށޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލްމާން ވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ބަންސާލީގެ ފިލްމް "ސާވަރިޔާ" ގައި ޚާއްސަ ރޯލަކުން ފެނިގެން ގޮސްފައެވެ. މި ފިލްމަކީ ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރު ބޮލީވުޑަށް ތަޢާރަފްވެގެން ދިޔަ ފިލްމެވެ. ނަމަވެސް މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު އާމްދަނީއެއް ލިބިފައެއް ނުވެއެވެ.

ބަންސާލީގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމް "ޕަދްމާވަތު" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައެވެ. އެ ފިލްމަށް ވަނީ ހަމައެކަނި އިންޑިއާ އިން ވެސް 300 ކްރޯޑް ރުޕީސް އާމްދަނީގެ ގޮތުގައި ލިބިފައެވެ.

ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްއާ އެކު ބަންސާލީ ހަދާފައިވާ ތިން ފިލްމަކީ ވެސް ބްލޮކްބާސްޓަރއެވެ.

ދިޕިކާ އާއި ރަންވީރު ކުޅެފައިވާ ބަންސާލީގެ ތިން ފިލްމަކީ 2013 ވަނަ އަހަރު ރިލީޒް ކުރި "ގަލިޔޯންކީ ރަސީލާ-ރާމް ލީލާ"،  2015 ވަނަ އަހަރު ރިލީޒް ކުރި "ބާޖިރާއޯ މަސްތާނީ" އަދި 2018 ވަނަ އަހަރު ރިލީޒް ކުރި ޕަދްމާވަތް"އެވެ.

ސަލްމާން މި ވަގުތު ދަނީ މިއަހަރުގެ ޖޫން މަހުގެ ފަހެއް ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އޭނާގެ ފިލްމް "ބާރަތް" ގެ މަސައްކަތްތައް ކުރަމުންނެވެ.

 

- ކޮމެންޓް