Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 19:51
ރާޅުގަނޑު ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް
ރާޅުގަނޑު ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް
މޯލްޑިވްސް ބޮޑީ ބޯޑީން އެސޯސިއޭޝަން
ރާޅުގަނޑު ސަރަހައްދު
ރާޅުގަނޑު ސަރަހައްދު ސާފު ކުރުުމުގެ ހަރަކާތް ފަށައިފި
ރާޅުގަނޑު ސަރަހައްދުގެ މޫދުގައި ގިނަ އަދަދެއްގެ ދަގަނޑު އެބަހުރި
މިހަރަކާތަކީ ރާޅާ އެޅުންތެރިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެއް

ރާޅުގަނޑު ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ފެށި މިހަރަކާތަކީ ރާޅާ އެޅުންތެރިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ބްރިޖު ހެދުމުގެ މަސައްކަތަށްފަހު ރާޅުގަނޑު ސަރަހައްދުގެ މޫދުގައި ގިނަ އަދަދެއްގެ ދަގަނޑު ހުރިއިރު މީގެ ކުރިން ސަރުކާރުން ވަނީ އެސަރަހައްދުގައި ރާޅާއެޅުން ރައްކާތެރި ނޫންކަމަށް ބުނެ އެ ސަރަޙައްދު ބަންދުކޮށްފައެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އޭރު ބުނެފައިވަނީ އެޕްރޯޗު ބްރިޖުގެ ބައިތައް ނަގަން ނިމިގެންދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަސް ކޮންޓްރެކްޓަރަށް ދީފައިވާކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެ ބައިތައް ނަގާފައެއް ނުވެއެވެ.

ރާޅުގަނޑު ސަރަހައްދުގެ މޫދުން ނަގާފައިވާ ދަގަނޑުގެ ބައިތަކެއް 

މޯލްޑިވްސް ބޮޑީ ބޯރޑިންގް އެސޯސިއޭޝަނުން ވަނީ އެކި ފަހަރުމަތިން ރާޅުގަނޑު ސަރަހައްދު ސާފުކޮށްދިނުމަށް އެދިފައެވެ. އެހެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެދެވޭ އެއްބާރުލުމެއް ނުލިބުމުން ހޮނިހިރު ދުވަހުގެ ސާފުކުރުމުގެ ހަރަކާތް ރާޅާއެޅުންތެރިން އަމިއްލައަށް އިސްނަގައިން ފެށީއެވެ.

ހޮނިހިރު ދުވަހުގެ ހަރަކާތާއި ގުޅޭގޮތުން މީޑިއާއަށް މައުލުންމާތު ދެމުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމަށްވާ އަޙުމަދު އަރީފް ބުނީ، ރާޅުގަނޑު ސަރަހައްދު މޫދަށް އަޅާފައިވާ ދަގަނޑުތަށް ނަގައިދިނުމަށް އެދި ކަމާބެހޭ ހުރިހާ ފަރާތްތަކާއިއެކު، އެކިފަހަރުމަތިން މަޝްވަރާ ކުރި ކަމަށާއި، ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށެވެ.

މޫދުގަިއި ހުރި އެޕްރޯޗް ބްރިޖުގެ ބައިތައް

މި ހަރަކާތުގައި ބައިވެރިވި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ފެކަލްޓީ އޮފް މެރިން ސްޓަޑީޒްގެ ޑީން ޝައްމަ ހަމީދު ވިދާޅުވީ ރާޅުގަނޑު ސާފު ކުރުމުގެ ހަރަކާތުގައި ވިލާ ކޮލެޖުން ބައިވެރިވީ ހޭލުންތެރިކަން އިތުރުކުރުމަށާއި އަދި ރާޅާއަޅާ ސަރަހައްދުގައި ރާޅާއަޅާ ކުދިންގެ ފުރާނައަށް ނުރައްކާވާ ފަދަ ދަގަނޑާއި އެޕްރޯޗު ބްރިޖުގެ ބައިތައް ހުރުމުން ކަމަށެވެ.

ޑައިވަރުންނާއި މޫދުގެ ކުޅިވަރުތަކަށް ކުދިން ޓްރެއިން ކުރާ ބައެއްގެ ހައިސިއްޔަތުން އެފަދަ އިވެންޓެއްގައި އެއްބާރުލުން ދިނުން މުހިއްމުކަމަށްވެސް ޝައްމަ ވިދާޅުވިއެވެ.

ޝައްމަ އިތުރަށް ވިދާޅުވީ މިހިސާބުން މިކަން ނިންމާނުލާ މޫދަށް ކުނި ނޭޅުމާއި، ކުރިން އަޅާފައިވާ ގެއްލުން ލިބޭފަދަ ތަކެތި ނެގުން މުހިންމު ކަމަށެވެ.

ވިލާގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސްގެ މެރިން ޑިޕާރޓްމަންޓާއި، ކޯސްޓްގާޑު އަދި ޑައިވަރުންގެ އިތުރުން އާންމުން ވަނީ މިހަރަކާތުގައި ބައިވެރިވެފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 50 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް