Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 16:23
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް 2019
ރިޝްވަތު ދިން ކަމަށް ބުނާ ކެންޑިޑޭޓުންގެ މައްސަލަތަކެއް ބަލަނީ
ރިޝްވަތުގެ ތިން މައްސަލައެއް ވަނީ ހުށަހަޅާފައި
ދެމައްސަލައެއް ދަނީ ތަހުގީގު ކުރަމުން
ރިޝްވަތު މައްސަލަތައް ތަހުގީގު ކުރަން ހާއްސަ ޓީމެއް

ރައްޔިތުން މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކެންޑިޑޭޓުން އަމަލު ކުރަން ޖެހޭ ހާއްސަ ސުލޫކީ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ މިދިޔަ އަހަރު ޖުލައި މަހު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، އިންތިޚާބަށް ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާ އިރު އެ ގާނޫނުގައި ބަޔާން ކުރާ ކަންކަމާ ފުށުއަރާ ކަންކަންކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

އެގޮތުން ރިޝްވަތުގެ ކުށެއް ގޮތުގައި ބެލެވޭ ތިން މައްސަލައެއް ކޮމިޝަނަށް ހުޅަހާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލައި ނިމިފައިވާ ކަމަށެވެ.

''އެމައްސަލަ ބަލާނިމުނުއިރު، ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ގާނޫނުގަ ބުނާ ހާލަތަކަށް ނާދޭ. ސަބަބަކަށް ވަނީ އެމައްސަލާގެ ޝަކުވާ ލިބުނު ކަންތައްތަކާއި ބެހޭ ގޮތުން ބެލިބެލުމުގަ ހާދިސާއެއް ހިނގާފަ ވަނީ ކެންޑިޑޭޓަކަށްވުމުގެ ކުރީގެ ހިނގާފަ ކަމަކަށްވާތީ. ނަމަވެސް މިހާރު ކެންޑިޑޭޓުންނާއި ގުޅިގެން އަންނަ ޝަކުވާ އަކީ ކެންޑިޑޭޓުންގެ ގޮތުގަ އިލެކްޝަން ކޮމިޝަނުން ބަލާގަނެފައިވާތީ އެހާލަތް މިހާރު ހުޅާހެޅޭ ޝަކުވާތަކާ ތަފާތުވާނެ." މުއައްވިޒު ވިދާޅުވިއެވެ.

އިތުރު ދެމައްސަލައެއް ބަލަމުންދާކަން ފާހަގަކުރައްވައި މުއައްވިޒު ވިދާޅުވީ އެއްމައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު ތިން ވަނަ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް ޚާއްސަކޮށް ރިޝްވަތު މައްސަލަތައް ތަހުގީގު ކުރުމަށް ޚާއްސަ ޓީމެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ރިޝްވަތަށް މަގުފައިވާ އެންމެހައިކަންކަމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 35 މިނެޓު ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް