Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 16:46
ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް
ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް
ގޫގުލް
ޕާކިސްތާނު މަނަވަރު
ޕާކިސްތާނުގެ މަނަވަރަށް ކްލިއަރެންސް ނުދިން ވާހަކައަކީ ދޮގެއް: އެމްބަސީ
މަނަވަރު އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް އެމްބަސީން ބުނޭ
ގުޅުން ހީނަރުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު

ޕާކިސްތާނުގެ ނޭވީ މަނަވަރަކަށް، ޑިޕްލޮމެޓިކް ކްލިއަރެންސް، ނުދިން ކަމަށް ބުނެ މިޑިއާތަކުގައި ފެތުރުމެ ންދަނީ ދޮގު ޚަބަރުތަކެއް ކަމަށް ޕާކިސްތާނު އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އަދި ހެޑް އޮފް ޗާންސެރީ، ޒުލްގުރްނައިން އަހުމަދު ވިދާޅުވެއްޖެއެވެ.

ޒުލްގުރްނައިން ވިދާޅުވީ ޕާކިސްތާނު ނޭވީ މަނަވަރެއް ހޮނިހިރު ދުވަހު ރާއްޖެ އަންނަ އުޅެ، އިންޑިޔާއިން ރާއްޖެއަށް ނުފޫޒު ފޯރުވައިގެން އެކަން ހުއްޓުވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ.  ޕާކިސްތާނުގެ ނޭވީ މަނަވަރު ރާއްޖެ އަންނަން ކަނޑައަޅާފައި ވަނީ މި އަންނަ މަހުގައި ކަމަށާއި، ޕްލޭންގައިވާ ގޮތަށް އަންނަ މަހު މަނަވަރު ރާއްޖެ އަންނާނެ ކަމަށް ޒުލްގުރްނައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަނަަވަރު ރާއްޖެ އަންނާނެ ތާރީޚެއް ކަނޑައެޅި އެދުވަސް ކާރިވުމުން، އެކަމަށް ރާއްޖެއިން ހުއްދައަށް އެދެންޖެހޭ ފަރާތްތަކުން ހުއްދައަށް އެދޭނެ ކަމަށެވެ. ޕާކިސްތާނާއި ރާއްޖެ އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުން ހީނަރުކުރުމަށް ބަޔަކު ދޮގު ޚަބަރުތަކެއް ފަތުރަމުންދާތީ، އެކަމާ ހިތާމަކުރައްވާ ކަމަށް ޒުލްގުރްނައިން ވިދާޅުވިއެވެ.

މީސްމީޑިއާގެ ދައުރުވަމުންދާ މެސެޖެއްގައި ބުނެފައި ވަނީ، މިއަދު ރާއްޖެއަށް ދަތުރުކުރަން ހަމަޖައްސާފައިވާ ޕާކިސްތާނުގެ ނޭވީ މަނަވަރަކަށް، ރާއްޖޭގެ ސަރަހައްދަށް ވަނުމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް، އިންޑިއާ އިން ރާއްޖެއަށް އަންގައިގެން ހުއްޓުވާފައިވާ ކަމަށެވެ. 

އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުން މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ހީނަރު ވެގެން ގޮސްފައެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެފައި ވަނީ ޕާކިސްތާނުން ދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހަކު މަރާލުމާ ގުޅިގެންނެވެ.

ނަމަވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 49 މިނެޓު ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
23 ފެބްރުއަރީ 2019 | ހޮނިހިރު 16:34
އަންނާނެކަމެއްނެތް
ދިނަސްނުދިނަސް ކޮމެހެން މިވަގުތު ރާއްޖޭގެ މާހައުލު ގަޑުބަޑު ކުރާކަށް މިތަނައް އަންނާނެކަމެއްނެތް
23 ފެބްރުއަރީ 2019 | ހޮނިހިރު 11:59
އަންނާނެކަމެއްނެތް
ދިނަސްނުދިނަސް ކޮމެހެން މިވަގު ރާއްޖޭގެ މާހައުލު ގަޑުބަޑު ކުރާކަށް މިތަނައް އަންނާނެކަމެއްނެތް