Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 15:34
އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް 2019
ވޯޓު ކަރުދާހުގައި ޚާއްސަ ތައްގަނޑެއް ޖަހަނީ
ތައްގަނޑު ޖަހަނީ ސައްހަ ވޯޓު ކަރުދާހެއްކަން ކަށަވަރުކުރަން
ވޯޓު ކަރުދާސް ޕްރިންޓުކުރުމަށް މިފެށޭ ހަފްތާ ތެރޭގައި ބިޑަށް ހުށަހަޅާނެ
އިންތިހާބުގައި ބަހައްޓަން ނިންމާފައިވަނީ 507 ވޯޓު ފޮށި

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުކުރާ ވޯޓު ކަރުދާހުގައި ހިމެނޭ ސެކިއުރިޓީ ފީޗާތަކުގެ އިތުރުން އެކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ ޚާއްސަ ތައްގަނޑެއް ޖަހާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގައި ހުންނަ ސެކިއުރިޓީ ފީޗާގެ އިތުރުން ޔަގީންކުރުމެއް ހިމެނުމަށް ކޮމޝަންގެ ފަރާތުން ކޮންމެ ވޯޓު ކަރުދާސް ކޮޅެއް ތައްގަނޑެއް ޖަހާނެ ކަމަށެވެ.  

ޝަރީފް ވިދާޅުވީ ޚާއްސަ ތައްގަނޑެއް ޖެހުމުގެ ބޭނުމަކީ ވޯޓު ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާހެއްކަން، ވޯޓު ފޮށި ބަލަހައްޓާ މީހާއަށް ފަސޭހައިން ޔަގީންވާނެ ގޮތެއް ހެދުން ކަމަށެވެ.

"އެއީ މިދިޔަ ފަހަރުގައި ދިމާވި ބައެއް މައްސަލަތަކާއި ގުޅުވައިގެން ތައްގަނޑު ޖެހުމަށް ނިންމީ. ފަސޭހައިން ތައްގަނޑު ފެންނަން އިންނާނެ ކޮންމެ ފަރާތަކަށް ލަންބާލިއަސް. އެވޯޓު ފޮއްޓަށް ލެވެނީ އިލެކްޝަން ކޮމިޝުން ދޫކޮށްފައިއިން ވޯޓު ކަރުދާސްކޮޅެއްތޯ ނުވަތަ ނޫންތޯ އެޔަގީން ކުރުމުގެ ބޭނުމުގައި" ޝަރީފު ވިދާޅުވިއެވެ.

އެއްވެސް އިންތިހާބެއްގައި ރާއްޖެއިން ބޭރުން ކަރުދާސް ޗާޕުކޮށްފައިވާކަން އެނގިފައި ނުވާކަމަކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވެސް ރާއްޖެއިން ބޭރުން ޗާޕުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.

ޝަރީފު ވިދާޅުވީ މަޖިލީސް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބަށް ތައްޔާރުކުރާ ވޯޓު ކަރުދާސް ޕްރިންޓުކުރުމަށް މި ފެށޭ ހަފްތާ ތެރޭގައި ބިޑަށް ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ބަހައްޓަން ނިންމާފައިވަނީ 507 ވޯޓު ފޮށި ކަމަށެވެ.

އެއީ މާލެ ރައްޔިތުން ވޯޓުލުމަށް މާލޭގައި 59 ފޮށި، މާލޭގައި އުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަށް 82 ފޮށި، އަތޮޅުތެރެއާއި އެހެން ސިޓީތަކުގައި 306 ފޮށި، ރިސޯޓުތަކުގައި 39 ފޮށި، ސިނާއީ ސަރަހައްދުތަކުގައި 4 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ރާއްޖެއިން ބޭރުގައި 12 ފޮށްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް