Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 10:45
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އިބްރާހިމް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އިބްރާހިމް
މުހައްމަދު ޝަރުހާން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ގައުމު މިވަނީ އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި އަޚްލާގަށް ބޭނުންވެފައި : ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް
ގައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ މަންހަޖު މުރާޖައާ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަތް

ޤައުމު މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ، އިހްސާންތެރިވުމާ، ކަމޭހިތުމާ، އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި އަޚްލާގަށް ބޭނުންވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ އިފްތިތާޙު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  އެކަމަނާ ވަނީ މަހާސިންތާގެ ހުރިހާ ބައިވެރިންގެ ކިބައިން ދަރިވަރުން ގައިގާ ރިވެތި "ސިފަ” އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއްދީގެން މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއަަށް ބޭނުންވެފައިވާ މައުނަވީ ބަދަލު ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާނީ އެބޭފުޅުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދަރިވަރުންނަށް ކަންކަމާމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލު ކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައި ދަރިވަރުންނަށް އުނގެނުމަށް އުފާވެރި އަމާން މާހައުލެއް ބިނާކޮށްދެއްވުމަށް މުދައްރިސުންނަށް ބާރުއަޅުއްވައި އެކަން ކުރެއްވޭނެ ގޮަތްތަކުގެ މައްޗަށް އަޅިއަޅުއްވައި ލައްވައިފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ މަހާސިންތާގެ އެންމެހައި ބައިވެރިންގެ ކިބައިން އެބޭފުޅުންގެ މަސައްކަތްތައް އިޚްލާޞްތެރިކަމާ ހެޔޮނިޔަތާއެކު ކުރައްވައި ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ މަންހަޖު މުރާޖައާ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ޤައުމީ މަންހަޖު އިސްލާހު ކުރުމަށް މަހާސިންތާއެއް ބޭއްެވެވުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 43 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް