Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 09:15
ސަލާމަތްވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސްއަށް އަރުވަނީ
ސަލާމަތްވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސްއަށް އަރުވަނީ
ރާއްޖެ އެމްވީ
ޑިންގީއެއް ބަންޑުން ޖަހާލުން
ގެއްލުނު އަންހެން ކުއްޖާ އަދިވެސް ނުފެނޭ، ވައިގެ މަގުން ދަނީ ބަލަމުން: އެމްއެންޑީއެފް
އެމްއެންޑީއެފް ސެންޓަރަލް އޭރިއާގެ ސިފައިން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން

ލ. ފޮނަދޫއިން ފުރައިގެން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އަންހެން ކުއްޖާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުގެ ބޭނުން ކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން އުޅޭ އަންހެންކުއްޖާ ހޯދުމަށް ހެލްކަޕްޓަރުގައި ވައިގެ މަގުން ބަލަމުން އަންނަ ކަމަށާއި، ކޯސްޓްގާޑް ޑައިވިން ޓީމުން ވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އެމްއެންޑީއެފް ސެންޓަރަލް އޭރިއާގެ ސިފައިން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ޑިންގީ ބަންޑުން ޖަހާލި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 21:30 ހާއިރު އެވެ.

މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން ހަބީބު ވިދާޅުވީ ޑިންގީ ދުއްވަން އިނީ ލ. ގަން ފިރިހެން ކުއްޖެއް ކަމަށާއި، ޑިންގީ ބަންޑުން ޖަހާލުމުން، އޭގެ މައްޗަށް އަންހެން ކުއްޖާ އެރުވުމަށް ފަހު، ފިރިހެން ކުއްޖާ ފަތާފައި ސިކްސް ސެންސަސް ލާމް ރިސޯޓަށް އަރައި އެކަން ރިސޯޓުގައި ތިބި މީހުންނަށް އެންގީ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ މާމެންދޫގެ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށް މައުލޫމާތުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 36 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް