Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 23:04
ސަލާމަތްވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސްއަށް އަރުވަނީ
ސަލާމަތްވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސްއަށް އަރުވަނީ
ރާއްޖެ އެމްވީ
ޑިންގީއެއް ބަންޑުން ޖަހާލުން
މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
ގެއްލުނީ މާމެންދޫގެ 16 އަހަރުގެ އަންހެން ކުއްޖެއް

ލ. ފޮނަދޫއިން ފުރައިގެން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެއެވެ.

ރާއްޖެމްއެމްވީއަށް މައުލޫމާތުދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން ހަބީބު ވިދާޅުވީ ގެއްލުނުތާ 3 ގަޑިއިރު ވެދާނެ ކަމަށާއި، އަދި ވެސް ނުފެންނަ ކަމަށެވެ.

ހަބީބު ވިދާޅުވީ އެއަންހެން ކުއްޖާ މާލެއިން ފްލައިޓްގައި ކައްދޫއިން، ފުނަދޫއަށް ދިޔައީ މިއަދު ކަމަށާއި، އެކުއްޖާގެ އުފަން ރަށް މާމެންދޫއަށް ދިއުމަށްޓަކައި ޑިންގީއެއްގައި ފުރީ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ހަބީބު ވިދާޅުވީ ޑިންގީ ދުއްވަން އިނީ ލ. ގަން ފިރިހެން ކުއްޖެއް ކަމަށާއި، ޑިންގީ ބަންޑުން ޖަހާލުމުން، އޭގެ މައްޗަށް އަންހެން ކުއްޖާ އެރުވުމަށްފަހު، ފިރިހެން ކުއްޖާ ފަތާފައި ރިސޯޓަކަށް އަރައި އެކަން ރިސޯޓުގައި ތިބި މީހުންނަށް އެންގީ ކަމަށެވެ.

މިމައުލޫމާތު ލިބުމާއެކު ކައިރި ރިސޯޓުތަކުންނާއި، ރަށު ރައްޔިތުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ހޯދަމުން އަންނަ އަންހެން ކުއްޖާއަކީ މާމެންދޫ ސްކޫލުގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް