Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 22:47
ރައީސް މައުމޫން ޕާޓީއާއި ގުޅިވަޑައިގަތުމަށް ފޯމް ފުރުއްވުމަށްފަހު ޕާޓީ އާއި ހަވާލުކުރައްވަނީ
ރައީސް މައުމޫން ޕާޓީއާއި ގުޅިވަޑައިގަތުމަށް ފޯމް ފުރުއްވުމަށްފަހު ޕާޓީ އާއި ހަވާލުކުރައްވަނީ
މުހައްމަދު ޝަރުހާން
އެމްއާރްއެމް
ރައީސް މައުމޫން އެމްއާރްއެމްއަށް ސޮއިކުރައްވައިފި
މެންބަރުން އިތުރުކުރުމުގެ މަސައްކަތަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ދެބައިވެ، އުފެދުނު މައުމޫން ރިފޯމް މޫވްމަންޓް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް، އުފައްދަން މަސައްކަތް ފަށާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސޮއިކުރައްވައިފިއެވެ.

ރައީސް މައުމޫން އެމްއާރްއެމްއަށް ސޮއިކުރެއްވީ އެ ޕާޓީގެ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ އެންދެރިމާގޭގައި ހުކުރު ދުވަހުގެރެއެވެ. އެމަނިކުފާނު އެމްއާރްއެމްއަށް ސޮއިކުރެއްވުމަށްފަހު، އެމަނިކުފާނު އެ ޕާޓީއާއި ގުޅިވަޑައިގަތުމަށް ފޯމު ހަވާލުކުރެއްވީ އެމްއާރްއެމް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޢަބްދުލް އަލީމް އާދަމް އާއިއެވެ.

ހުކުރުދުވަހުގެރޭ ކުރިއަށްދިޔަ މެންބަރޝިޕް އިތުރު ކުރުމުގެ ހަރަކާތުގައި ރައީސް މައުމޫންގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ އުމަރު ޒާހިރުވެސް ވަނީ އެމްއާރްއެމް އާއި ގުޅިވަޑައިގެންފައެވެ.

މި ބޭފުޅުންގެ އިތުރުންވެސް ހުކުރު ދުވަހުގެރޭ ގިނަ ބަޔަކު ވަނީ އެ ޕާޓީ އާއި ގުޅިފައެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އަލީމް ވިދާޅުވީ، އެމްއާރްއެމް އުފެއްދުމަށްޓަކައި ހަމަކުރަންޖެހޭ 3000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ޕާޓީއަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ މި ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް