Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 23:41
ނިހާން ފުލުހުންނަށް ބަޔާން ދިނުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ނިހާން ފުލުހުންނަށް ބަޔާން ދިނުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
އަހުމަދު ނިހާން
ނިހާން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި
ކުރާ ތުހުމަތެއް ނިހާން ވިދާޅެއް ނުވި
އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި

ރައްޔިތުންގެެ މަޖިލީހުގެ ވިލިމާލެ ދާއިރާގެެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިިިިކު ފުލުހަށް ހާޒިރުުކޮޮޮށް ބަޔާން ނަގައިފިއެވެ. 

ނިހާން ފުލުހަށް ހާޒިރުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް ބުދަ ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާގައިި ފުލުހުންގެެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާގަޑެއް ލެއްވި ކަމުގެެ ތުހުމަތުގައެވެ.

ނިހާނަށް ފުލުހުން ފޮނުވި ޗިޓްގައި ފުލުހުން ބުނީ އޭނާ ފުލުހަށް ހާޒިރު ކުރަން ޖެހުނީ، ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސްއަޅާ ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. 

ދެ ގަޑި އިރާއި ބައި ފުލުހުންގެ މަރުކަޒުގައި ހޭދަކުރުމަށް ފަހު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ނިހާން ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ބިރުދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

''ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ މީހުންނަށް އެކި ކަހަލަ އިޖުރާތްތަކުން ބޭރުގައި އެކި ކަހަލަ ގޮތްގޮތަށް ބިރު ދެއްކުމަށް ހިންގާ އަމަލުތައް މި ގައުމުން ހުއްޓާލަން ޖެހޭ. މި ގައުމުގެ މާދަމާގެ މުސްތަގްބަލަށްޓަކައި އިތުބާރު އުފެދިފައި ހުރި މުއައްސަސާތައް ބޭނުމަށްޓަކައި މި ގައުމުގެ ކުރިއަށް އޮތް ޖީލަށްޓަކައި ހުއްޓާލަން އެބަ ޖެހޭ'' ނިހާން ވިދާޅުވިއެވެ. 

ފުލުހުން ކުރާ ތުހުމަތެއްގައި ސުވާލު ކުރަން ޖެހުނު ކޮންމެ ހިނދެއްގައި އެއްވެސް އުޒުރެއް ނެތި ހާޒިރުވެ ބަޔާން ދެއްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ. ފުލުހަށް ހާޒިރު ކުރިއަސް އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ. 

ނިހާން އާއި ދެކޮޅަށް ފުލުހުން ކުރަނީ ކޮން ތުހުމަތެއްތޯ ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
22 ފެބްރުއަރީ 2019 | ހުކުރު 18:56
ޔާމީނު
ކަމެއްނުކޮށް ހުއްޓާތޯ ނިހާނު ފުލުހަށް ގެންދިޔައީ