ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 17:10
ސާރާ އަލީ ޚާން
ސާރާ އަލީ ޚާން
ގެޓީ އިމޭޖަސް
ބޮލީވުޑް
އަމިއްލަ ގެއަކަށް ބަދަލުވި ކަމަށް ދެކެވޭ ވާހަކަތަކަށް ސާރާ ރައްދު ދީފި
ސާރާ ބުނެފައިވަނީ އެއީ ދޮގު ޚަބަރެއް ކަމަށް

ބޮލީވުޑްގެ ތަރި ސާރާ އަލީ ޚާން އޭނާގެ އަމިއްލަ ގެއަކަށް ބަދަލުވި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދީފިއެވެ.

ސާރާ ބުނެފައިވަނީ އެއީ ދޮގު ޚަބަރެއް ކަމަށެވެ. ސާރާ ދިރިއުޅެމުންދަނީ މަންމަގެ ގޭގައި ކަމަށާއި އެގޮތަށް އުޅެން އޭނާ މާ އުފާވާ ކަމަށް ވަނީ ބުނެފައެވެ. 

ކާރެއްގައި ސަރާގެ ސާމާނު ކަމަށް ބެލެވޭ ތަކެތި ހުރި ބޮކްސް ތަކެއްގެ ފޮޓޯތައް ދައުރުވެފައިވުމުން ގިނަ ބަޔަކަށް ހީވެފައި ވަނީ ސާރާ އޭނާގެ މަންމަގެ ގެއިން އަމިއްލަ  ގެއަކަށް ބަދަލުވީ ކަމަށެވެ. މިކަމާއި ގުޅިގެން ސާރާ ބުނުފައިވަނީ ދާ ކޮންމެ ތަނަކަށް އޭނާގެ ލަގެޖް ގެންދާ ކަމަށެވެ.

އެ ބޮކްސްތައް ކައިރި ގެއެއްގެ ތެރޭގައި ސާރާ އިށީންދެ އިދެ ނަގާފައިވާ ފޮޓޯއެއް ސާރާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ސަރާ ލިޔެފައިވަނީ "ހިއާ އިޒް ޓު ނިއު ބިގިނިން" އެވެ. ސާރާ މިހެން ބުނެފައި މިވަނީ ސަމާލުކަން ހޯދުމަށް ކަމަށް ވެދާނެ ކަމަށް ޓައިމްސް ނައު ގައި ރިޕޯޓްކޮށްފައި ވެއެވެ. އެއީ މިވަގުތު ސާރާ ދަނީ އާ އެޑްތަކެއް ހެދުމަށް ތައްޔާރު ވަމުންނެވެ.

ސާރާ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ކެދަރްނާތް" އިންނެވެ.

"ކެދަރްނާތް" އަށް ފަހު ދެން ސާރާ ކުޅޭފައިވާ ފިލްމް "ސިމްބާ" ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެން ގޮސްފައެވެ.

ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިންތިއާޒް އަލީގެ ފިލްމަކުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް