Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 12:52
ޔޫއޭއީގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ޔޫއޭއީގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޑިފެންސް މިނިސްޓަރ
ޓެރަރިޒަމްއާ ދެކޮޅަށް މީހުން ބިނާ ކުރަން ޔޫއޭއީއާ އެކު ރާއްޖެއިން ސޮއިކޮށްފި
ރާއްޖޭގެ ދިފާޢީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތުގައި ޔޫއޭއީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދެއްކެވި

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއޭއީގެ ހިދާޔާ ސެންޓަރާ ދެމެދު މީހުން ބިނާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދިދީ ސޮއިކުރައްވައިފިއެވެ.

ޔޫއޭއީގެ ނާއިބް ރައީސް، ރޫލަރ އޮފް ދުބާއީ އަދި މިނިސްޓަރ އޮފް ޑިފެންސް، ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ޔޫއޭއީއަށް ކުރެެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ މާރިޔާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް މުޙައްމަދު ބިން އަޙްމަދު އަލް ބަވަރްދީއާއި، ޔޫއޭއީގެ ހިދާޔާ ސެންޓަރގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައި ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޔޫއޭއީގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އަދި 32 ޤައުމެއްގެ، އެކި ދާއިރާތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި މިނިސްޓަރ މާރިޔާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިދިޔަ ހަފްތާގެ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރެއްވި އެ ދަތުރުފުޅުގައި ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ އަދި މިނިސްޓަރގެ ޕްރިންސިޕަލް ސްޓާފް އޮފިސަރ ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، އެމްއެންޑީއެފް މާލެ އޭރިޔާގެ ކޮމާންޑަރ ކާނަލް ޢަބްދުލް ރައޫފާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް