Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 12:02
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
މުހައްމަދު ޝަރުހާން
ނުރައްކާތެރި އެކްސިޑެންޓް
ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެެއްޖެ
އެކްސިޑެނޓުގައި 2 ކުޑަކުއްޖަކަށް އަނިޔާވި

ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައި ވަނީ އެ އެކްސިޑެންޓުގެ މައުލުމާތު ލިބިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 6:30 ގައި ކަމަށާއި  އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 43 އަހަރުގެ ފިރިހެނަކަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށާއި 18 އަހަރުގެ ފިރިހެނަކަށާއި 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވީ ހުޅުމާލެއިން މާލެ އައި ދެ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރއިން 43 އަހަރުގެ މީހާ އާއި 13 އަދި 17 އަހަރުގެ ކުއްޖާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އަދި 18 އަަހަރުގެ މީހާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ 18 އަހަރުގެ މީހާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި 43 އަހަރުގެ މީހާގެ ކޮނޑު ހުޅު ނެއްޓި ބަނޑުން ހަން މަށައިގެން ގޮސްފައިވާ ކަމަށެވެ. ތޭރަ އަހަރުގެ ކުއްޖާ އާއި 17 އަހަރުގެ ކުއްޖާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާއިރު ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އެކްސިޑެންޓުގައި 18 އަހަރުގެ މީހާ ދުއްވަން އިން ސައިކަލު ވަނީ ޓޯ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް