Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 09:11
އެމްޕީއެލް ބަނދަރު
އެމްޕީއެލް ބަނދަރު
މިހާރު
އެމްޕީއެލް
ތިލަފުށީ އެމްޕީއެލް ޕޯޓުގެ މާސްޓަރ ޕްލޭން ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
މިއީ އިއުލާން ކުރި ދެ ވަނަ ފަހަރު
ސުންގަޑި ހަމަވާނީ އަންނަ މަހުގެ ހަތަކަށް

ތިލަފުށީގައި ޕޯރޓެއް ތަރައްޤީ ކުރުމަށް މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ބޭރުގެ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ވަނީ އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައެވެ. އެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާން ކައިރިވެފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީން އަލުން އިއުލާންކޮށްފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓަންސީ ދޭ ފަރާތްތަކުން ޝައުގުވެރިކަން ހުށަހެޅުމަށެވެ.

އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެ އިއުލާންގައި ބުނެފައި ވަނީ ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފާމްތަކުގެ ގުޅިގެން ޝައުގުވެރިކަން ފާޅުކުރުމަށެވެ. އަދި ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތައް ޝޯޓްލިސްޓުކުރުމުގައި އެކަމަށް ރިޢާޔަތް ކުރާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އިއުލާންގައި ބުނެފައި ވަނީ ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯޓެއް ތަރައްޤީ ކުރުމަށް މާސްޓަރ ޕްލޭނެއް ހެދުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯރޓެއް ތަރައްގީ ކުރަން އެމްޕީއެލުން ނިންމީ މާލޭގައި ބޭނުންކުރާ ޕޯރޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވުމާ ގުޅިގެންނެވެ. މާލޭ ޕޯޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، މުދާ ބޭލުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ، ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް ނިމިދިޔަ ސަރުކާރުން ވެސް ތިލަފުށީގައި އެމްޕީއެލް ޕޯޓު ތަރައްގީ ކުރަން މަސައްކަތް ކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް