Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 08:21
މާލޭގެ މަގުމައްޗަށް ކުނިތަކެއް އުކާލާފައި
މާލޭގެ މަގުމައްޗަށް ކުނިތަކެއް އުކާލާފައި
މުހައްމަދު ޝަރުހާން
ކުނީގެ މައްސަަލަ
މަގުތަކަށް ކުނިއަޅާ 957 ފަރާތެއް ވަނީ ދެނެގަނެވިފަ، އެތައް ސަތޭކަ ފަރާތަކަށް ވަނީ ނަސޭހަތްދެވިފަ: ފުލުހުން
146 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ

އެންވާރަމަންޓް ޕޮލިސް އުފެދި، މަގުތަކަށާއި، އާންމު ތަންތަނަށް ކުނި އަޅާ ފަރާތްތައް ދެނެގަންނަން މަސައްކަތް ފެށިފަހުން އެފަދަ 957 ފަރާތެއް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އެންވާރަމަންޓް ޕޮލިސްގެ މަސައްކަތަކީ ކުއްލިއަކަށް ފަށައި ގަތް މަސައްކަތެއް ކަމުން މަސައްކަތުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެ ދަތި ތަކާއިއެކުވެސް އެކަށޭނަ، ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާކަން ރަޝީދު ފާހަގަކުރެއްވިއެވެ.

އެގޮތުން މަގުތަކާއި އާންމު ތަންތަނަށް ކުނި އަޅާ 956 ފަރާތެއް މިހާތަނަށް ދެނެގަނެވިފައިވާކަން ރަޝީދު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް އައިރުގަ އެބަހުރި 956 ފަރާތް އައިޑެންޓިފައި ވެފަ ކުނި އަޅަނިކޮށް. އޭގެ ތެރެއިން ވަރަށް ބައިވަރު ފަރާތްތަކަށް ވަނީ ނަސޭހަތްވެސް ދެވިފަ. އަޅުގަނޑުމެން ސްލިޕް ދީފަ މިވަނީ 146 މީހުންނަށް. އަޅުގަނޑުމެން ނަސޭހަތް ދީފަ ވާނެ ގޭބިސީތަކުން 323 ފަރާތަކަށް، ފިހާރަތަކުން 141 ފަރާތަކަށް، ސައި ހޮޓާތަކުން 24 ފަރާތަކަށް، އަދި ކޮންސްޓްރަކްޝަން ވޭސްޓްގެ ސަބަބުން 704 ތަނަކަށްވެސް ވާނީ ނަސޭހަތް ދެވިފަ. އޮފީސް އަދި ކޮމްޕެނީ ތަކުގެ ތެރެއިން 37 ފަރާތަކަށް ވަނީ ނަސޭހަތް ދެވިފަ. މިގޮތަށް އެކި ފަރާތްތަކަށް އަޅުގަނޑުމެން ނަސޭހަތް ދީފަ ވާނީ ކުނި ނާޅަން. ރިޕީޓްކޮށް އަޅާ ތަންތަންވެސް އެބަ ހުރޭ"، ރަޝިދު ވިދާލުވިއެވެ.

ރަޝީދު ވިދާޅުވީ މި މައްސަލައަކީ ފަރުދީ ޒިންމާ ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންގެ އެކި ޓީމްތަކުން ކެނޑިނޭޅި މަސައްކަތް ކުރި ނަމަވެސް، ރައްޔިތުން ނަގަންވާ ޒިންމާ ރައްޔިތުން ނަގައިގެން މެނުވީ ކުނީގެ މައްސަލައަށް ހައްލެއް ނުލިބޭނެކަން ރަޝިދު ފާހަގަކުރެއްވިއެވެ.

ރަޝީދު އިތުރަށް ވިދާޅުވީ، ކުނި އެޅުމާއި ގުޅޭ ޤާނޫނޫތަކުގައި ހުރި ބައެއް ކަންކަން ތަންފީޒު ކުރުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި، އެކަންކަން ފުރިހަމައަށް ތަންފީޒު ކުރެވޭނަމަ އެ މައްސަލައަށް އަވަސް ހައްލެއްވެސް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރުން، ނުވަތަ އަދަބު ދިނުމަކީ ކޮންމެ ކަމަކަށް އޮތް އެންމެ ރަންގަޅު ހައްލު ނޫންކަންވެސް ރަޝީދު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ފެބްރުއަރީ 2019 | ހުކުރު 14:15
Kunibuninsalaamaiy kohfhy
Aharumn ulhey geyge hani goalhi gandu thereya abadhu kuni alhaa baraa kohffa hunnany..baiy kothalhaa karaa thoshives hurey..dhuvaalu vx hama alhany..faaruga liyefa indhey kuni naalhan ..dguvaa vahun neyvaa levenyky r nun..month e kurin polihun ais bunyma kommevx baeh kuni beyru kuri..undhagoo vany aharunna..dhoru hulhuvaalyma e dhuvaa vahe.anekkolhu mehithahvz geythereya vannany..mikma
22 ފެބްރުއަރީ 2019 | ހުކުރު 13:05
މީކޮންޤައުމެއްގެ
މީކޮންޤައުމެއްގެ ސްލަމްއެއް؟
22 ފެބްރުއަރީ 2019 | ހުކުރު 13:04
ދެންކީއްކުރެވޭނީ؟
ދެންކީއްކުރެވޭނީ؟